ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނާއި، ގައުމުގެ ދިފާއުގައި ނުކުންނަ ފަރާތްތައް، ރައީސް ސޯލިހުގެ ސަރުކާން ހަދަނީ ޓެރަރިސްޓުންނަަށް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނާއި، ގައުމުގެ ދިފާއުގައި ނުކުންނަ މީހުންގެ މައްޗަށް، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ވަގުތުން ތަހުގީގުތައް ހިންގައި، ޓެރަރިޒަމްގެ ދައުވާ އުފުލައި ގޮޅިޔަށް ލާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި ހިންގައިދިޔަ ޔޯގާ ޑޭގެ ހަމަނުޖެހުމުގެ ތެރޭގައި ޝާމިލުވެފައިވާކަމަށް ބުނެ، ދިވެހި ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ ދަނޑިވަޅެއްގައި، އިސްލާމިކް މިނިސްޓްރީން އިލްމުވެރިންގެ ހުއްދަތައް ބާތިލު ކުރަން ނުކުމެ ތިބިކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަރަކަށް އަލިއަޅުވައި، ޝިޔާމް ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ، ދީނީ އިލްމުވެރިންގެ އަޑުތައް ކަނޑުވާލުމަށް ކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ޖިންސީ ގޯނާގެ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ރައީސް ސޯލިހުގެ ސަރުކާރަށް ބެލިފައިނުވާކަމަށް، ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އިސްލާމް ދީނާއި، ގައުމުގެ ހައްގުތަކުގެ ދިފާއުގައި ނުކުންނަ ފަރާތްތަކުގެ މައްޗަށް، ވަގުތުން ތަހުގީގުތައް ހިންގައި، ޓެރަރިޒަމްގެ ދައުވާކޮށް، މި ސަރުކާރުން އެ ފަރާތްތައް ގޮޅިޔަށްލާކަމަަށެވެ.

 

ރައީސް ސޯލިހުގެ ސަރުކާރުން، އިސްލާމް ދީނާއި ގައުމުގެ ދިފާއުގައި ނުކުންނަ ފަރާތްތައް ޓެރަރިސްޓުނަށް ހަދައި، ގޮޅިޔަށް ލާކަމަށާއި، އިސްލާމް ދީނަށް ފުރައްސާރަ ކުރާފަރާތްތަކުގެ މައްސަލަ ނުބެލޭ ކަމަށް ފާހަގަކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ޓްވީޓެއް ކުރައްވާފައިވާއިރު، “ކުރެދިކުރި”ގެ ނަމުގައި ފޭކު އެކައުންޓެއް ހަދައިގެން ޓުވިޓާގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހުތުރު ބަސްތަކެއް ރައްދުކޮށްފައިވާ ހުސައިން ޝައިހާން ވަނީ ރާއްޖެ ދޫކޮށް ގޮސްފައިއެވެ.

“ކުރެދިކުރި”ގެ ނަމުގައި ފޭކް އެކައުންޓެއް ހަދައިން ފުރައްސާރަ ކުރި މީހާގެ މައްސަލަ ހުށައެޅިފައިވާތާ ދުވަސްތަކެއް ވީ ނަމަވެސް، އެނާ ފުރުމުގެ ކުރިން ނޫސްތަކުން އެ މައްސަލައާއި ގުޅިގެން ކޮށްފައިވާ ސުވާލުތަކަކަށް ފުލުހުންގެ މުއައްސަސާއިން ޖަވާބެއް ދީފައި ނުވެއެވެ. އެހެން ނަމަވެސް އެނާ ފުރުމާއި އެކު، އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް، ފުލުހުންގެ މުއައްްސަސާއިން ވަނީ ބުނެފައިއެވެ.

މީގެ ކުރިންވެސް އިސްލާމް ދީނަށް ކުރާ ފުރައްސާރައިގެ މައްސަލަތަކުގައި، ޝާމިލުވެފައިވާ ފަރާތްތަކުގެ މައްޗަށް ތަހުގީގުތައް ހިންގުމުގައި ފުލުހުންވަނީ ނާކާމިޔާބުވެފައިއެވެ. އަދި އެފަދަ ގިނަ ފަރާތްތައް ދިވެހި ރާއްޖެ ދޫކޮށް، އެހެނިހެން ގައުމުތަކުގައި ތިބެ، އެ މަސައްކަތައް ކުރިއަށް ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: