ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީޖޭޕީން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށް ސަރުކާރުގެ ފިނި ބަޔާނެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާނަކާއި، އެޕާޓީގެ ލީޑަރަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ރަސޫލާއަށް އިހާނެތި ބަސްތައް ރައްދު ކުރި މައްސަލައިގައި ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެ، އެހެން ގައުމުތަކުން ވެސް ވަނީ އޭނާއަށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

މުސްލިމުންނަށް އިހާނެތިކޮށް ހިތައި، އަނިޔާ ކުރަމުންދާ މައްސަލައިގައި ދުނިޔޭގެ އެތައް ބައެއްގެ ނަޒަރު އިންޑިއާއަށް ވަނީ ހުއްޓިފަ އެވެ. އަދި އެގައުމުގެ ވެރިކަން ކުރާ ބީޖޭޕީން މުސްލިމުންނަށް އަމާޒުކޮށް، ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދާ މައްސަލަ ކުށްވެރި ނުކުރާތީ ދިވެހި ސަރުކާރަށް އެކަމުގެ ނުރުހުން އަމާޒުކޮށް މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ.

މުސްލިމް އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުން އޮތް މި މައްސަލައިގައި ދިވެހި ދައުލަތް ހަނު އޮތުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ފާހަގަކޮށް މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް އޮންނަ، އެމްޑީޕީގެ މެމްބަރުންގެ އިއްތިފާގުން ފާސްވީ މައްސަލަ ބަލައިނުގަތުމަށެވެ.

މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. މަޖިލީހުގައި ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ 06 މެމްބަރަކު ވެސް ތިއްބެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން މިގޮތަށް ވޯޓު ދިނީ ސަރުކާރުން އަންގައިގެން ނެރުނު، ތްރީލައިން ވިޕެއްގެ ސަބަބުންކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެފައި ވެއެވެ. އަދި އެކަން ދޮގުކޮށް ބައެއް މެމްބަރުން ނިޒާމީ ނުކުތާތައް ނެންގެވި އެވެ. އެެހެންވެ އަމާޒުވާ ފާޑުކިއުންތަކާއި އެކު، މިއަދުގެ ހަވީރު ސަރުކާރުން ބަޔާނެއް އާއްމުކޮށް ބުނީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކުރާ ކޮންމެ އަމަލެއް ކުށްވެރި ކުރާ ކަމަށެވެ. އަދި ބީޖޭޕީގެ އޮފިޝަލުންތަކެއް ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ބަދު ބަސް ބުނުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބީޖޭޕީން އެ އޮފިޝަލަށް ފިޔަވަޅު އެޅީތީ އެކަމަށް މަރުހަބާ ކިޔާފަ އެވެ. ނަމަވެސް ބީޖޭޕީއަށް އޭނާއަށް ފިޔަވަޅު އަޅަން މަޖުބޫރުވީ އަރަބި ދުނިޔޭގައިވެސް އިންޑިއާ އާއި ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ފެށުމާއި ގުޅިގެންނާއި އެތައް ގައުމެއްގެ ބަޔާންތަކަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: