ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނައް ފުރައްސާރަކުރާ ފަރާތްތަކުގެ މަސްލަހަތަށް އިސްކަން ދިނުމަކީ، ދިވެހި ދައުލަތުގެ އަސާސްތައް ކަތިލުން: މާލެ ސިޓީ ކައުންސިލު

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ނިއުދިއްލީގައި ހުންނަ އެޕާޓީގެ މީޑިއާ އިންޗާޖު ކީރިތި ރަސޫލާ މުހައްމަދު ﷺ އަށް ފުރައްސާރަ ކުރި ހިނދުގައިވެސް އެކަމަށް ފަރުވާލެއްނެތި އެފަދަ ފަރާތްތަކުގެ މަސްލަހަތަށް އިސްކަން ދިނުމީ ދިވެހި ދައުލަތުގެ އެންމެ އަސާސީ ބަހާކަމުގައިވާ މި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދުނިޔެވީ މަގުސަދަކަށްޓަކައި ކަތިލުންކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އިންޑީއާގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ އިސްފަރާތްތަކެއް އިސްލާމް ދީނަށާއި ރަސޫލާ ﷺ އަށް ފުރައްސާރަކުރި މައްސަލަ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް އެކިގައުމުތަކުގައި އެކަމާއި ދެކޮޅަށް އަޑުއުފުލެމުންދާ ދަނޑިވަޅެއްގައި މާލެ ސިޓީ ކައުންސިލުން އެ އަމަލު ކުއްވެރިކޮށްނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ނިއުދިއްލީގައި ހުންނަވާ އެޕާޓީގެ މީޑިއާ އިންޗާޖު، އިންޑިއާގެ ގައުމީ ޓީވީ ޗެނަލެއްކަމުގައިވާ ދޫރުޝަންއިން ގެނެސްދިން ޕްރޮގްރާމެއްގެ ތެރެއިން ކީރިތި ރަސޫލާ މުހައްމަދު ﷺ އަށް ފުރައްސާރަ ކުރިކުރުން މާލެ ސިޓީގައި ދިރިއުޅޭ އެންމެހައި ރައްޔިތުން އަދި މާލެ ސިޓީ ކައުންސިލުގެ ނަމުގައ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

މަތިވެރި ރަސޫލާ މުހައްމަދު ﷺ ފުރައްސާރަކޮށް އިސްލާމް ދީނުގެ ރިވެތި އުސޫލުތަކަށް ބަދުބަސް ބުނެ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ އިސް ތަރުޖަމާނު ނުޕުރް ޝަރްމާ ދައްކާފައިވާ ވާހަތައް ކުށްވެރިކޮށް މާލެ ސިޓީކައުންސިލުން ނެރިފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިސްލާމް ދީނާއި ކީރި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ހިންގާ މިފަދަ ކޮންމެ އަމަލަކީ އިސްލާމު ދީނުގެ ބާރު ކަނޑުވާލުމާއި އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްކަމަށެވެ. އަދި އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ފަރާތުންނާއި އިންޑިއާ ސަރުކާރުން އިންޑިއާގެ ގައުމީ ޗެނަލް މެދުވެރިކޮށް ހުރިހާ މުސްލިމުންގެ ކިބައި މާއަފާށް އެދުމަށާއި ދިވެހި ރާއްޖޭގެ ގައުމީ ޓީވީ ޗެނަލް މެދުވެރިކޮށް، އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް މެމްބަރުންތަކެއް ހިންގާފައިވާ މި ހަޑިމުޑުދާރު އަމަލު ކުށްވެރިކޮށް އެކަމަށް މާއަފަށް އެދުމަށް މާލޭ ސިޓީގައި ހުންނަ އިންޑިއަން ހައިކޮމިޝަނަށް މާލެ ސިޓީކައުންސިލުންވަނީ ނެރިފައިވާ ބަޔާނުގައި ގޮވާލާފައިއެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މެމްބަރުންތަކެއް ރަސޫލާ ﷺ އަށް ފުރައްސާރަ ކުރިމައްސަލައިގައި މާލެ ސިޓީ ކައުންސިލުން މިފަދައިން ބުނެފައިވާ އިރު، މި މައްސަލަވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިއެވެ. އަދި ކުވައިތުފަދަ ގައުމުތަކުގައި މިކަމާއި ގުޅިގެން އިންޑިއާއިން އެތެރެ ކުރާ ސާމާނު ސުޕާމާކެޓްތަކުން ބޮއިކޮޓްކޮށްފައިވާ އިރު، ގަތަރުން ވަނީ، މިމައްސަލައާއި ގުޅިގެން އަގައުމަކަށް ކަނޑައެޅިފައިވާ މަންދޫބު ހަޒިރުކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ދިވެހި ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުންވެސްވަނީ މި އަމަލު ކުށްވެރިކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: