ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިސާން ހުށަހެޅި އިސްލާހާ ސަނީފް ދެކޮޅު!

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅި އިސްލާހަށް ތާއީދު ނުކުރާކަމަށް އެމްޑީޕީއަށް ނިސްބަތްވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ބިލުގައި ހިމަނާފައި ވަނީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް އިތުރު ކުރާށެވެ.

އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.

އަދި އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން، އެގޮތަށް ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލުވަގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.

މިއަދުގެ ޖަލްސާގައި އިސްލާހަށް ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމަކީ ޑިމޮކްރަސީއާ ބީރައްޓެހިކަމެއް ކަމަށާއި އެހެންނަމަވެސް މީހުންގެ ލޭ ހުއްދަ ކުރުމަކީ ޒަމާނީ މުޖުތަމައުގައި އަދި ދީނުގައިވެސް ބަލައިގަންނާނެ ކަމެއްނޫން ކަމަށެވެ.

ސަނީފް ވިދާޅުވީ މި އިސްލާހު މިހާރު އޮތް ގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށާއި ކުރިއަށް އޮތް މުސްތަގުބަލުގައި ސިޔާސީ ބޭނުމަށް ގިނަ ބަޔަކު ޖަލަށް ލެވޭނެކަމަށް ބެލެވޭ ކަމަށެވެ.

އިތުރުން ސަނީފް ވިދާޅުވީ އެމްޑީޕީއާ ދިމާލަށް އަބަދުވެސް ލާދީނީ ގޮވާކަމަށާއި، އެކަން ބަލައިނުގަންނާނެކަމަށެވެ. އަދި އެމްޑީޕީއަކީ ދީނާ ދެކޮޅު ޕާޓީއެއް ނޫންކަމަށާއި ނަމަވެސް އެމްޑީޕީގެ ދީނީ ކޮމިޓީއަށް މެމްބަރަކު އައްޔަނު ނުކޮށް އޮވެ ފަސް އަހަރު ވެފައިވާތީ އެ ކޮމިޓީއަށް ބޭފުޅުން އައްޔަނު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަނަށް ހަސަން ލަތީފުއަށް ސަނީފް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: