ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީ ޝަރީފްގެ އިސްތިއުފާ ދެއްވައިފި، ވިދާޅުވީ އިންތިހާބުތަކުގައި ކުރީ އިހުލާސްތެރި މަސައްކަތެއް ކަމަށް!

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޝަަރީފް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ކަމުން އަހުމަދު ޝަރީފު އިސްތިއުފާ ދެއްވައިފި އެވެ.

ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. ޝަރީފް މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ ވަނީ ރިޔާސީ އިންތިހާބު ހިމެނޭހެން ތިން އިންތިހާބެއްގެ މަސައްކަތް ކުރިޔަށް ގެންދަވާފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި، އޭގެ ޖެހިގެން އައި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބެވެ.

އިސްތިއުފާ ދެއްވާ ޝަރީފް ވިދާޅުވީ ކޮމިޝަންގައި ހުރެ އޭނާއަށް ކުރެއްވީ އިހުލާސްތެރި މަސައްކަތެއް ކަމަށެވެ. އަދި އަމާނާތްތެރިކަމާއި އެކު ކުރި މަސައްކަތާއި މެދު ހިތްހަމަޖެހޭކަން ފާހަގަ ކުރެއްވި އެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަބަދުވެސް ދެމި ހުންނަވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވަނީ އޭނާ ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވާނެކަން މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އޭރު މީޑިއާތަކަށް ޝަރީފް ވިދާޅުވީ، އޭނާގެ ވިސްނުމަކީ ކައުންސިލް އިންތިހާބަށްފަހު މަގާމުން އިސްތިއުފާ ދެއްވުމަށެވެ. އަދި ސިޔާސީ ދައިރާއަށް ހިދުމަތް ކުރަން ބޭނުންވާކަން ފާހަގަ ކުރައްވާފައި ވެއެވެ.

ޝަރީފަކީ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ފާޑުކިއުން ރައްދު ވި ބޭފުޅާ އެވެ. އޭރު އިދިކޮޅުގައި އޮތް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ޝަރީފާއި އެކު ކުރިޔަށް ގެންދާ އިންތިހާބެއް މިނިވަން ނުވާނެކަމަށް ބުނެފައެވެ. އެހެން ނަމަވެސް އިންތިހާބުން ނިކުތް ނަތީޖާއިއު ޕީޕީއެމްއިން ޝަރީފް ހިޔާނާތްވީކަމަށް ބުނެ ފާޑުކިއުން އަމާޒު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: