ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޖިސްޓްރާގެ ނިންމުން ބާތިލު، ދީބާޖާ މައްސަލައަށް ހުއްދަ ދޭން ސުޕްރީމް ކޯޓުން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދީބާޖާއަށް ބަދަލު ނަގައިނުދިނުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ދެވަނަ ފަހަރަށް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރެޖިސްޓްރާ ނިންމި ނިންމުން ބާތިލްކޮށް، މައްސަލައަށް ހުއްދަ ދޭން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

އެގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ދީބާޖާ ކުންފުންޏަށް މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމަވައިފަ ވަނިކޮށް ދީބާޖާއަށް ބަދަލު ނަގައިނުދިނުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ދެވަނަ ފަހަރަށް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ހުއްދަ ދޭން ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.

ރަޖިސްޓްރާގެ އެ ނިންމެވުމުގައި ބުނެފައިވާ ގޮތުގައި، އިސްތިއުނާފު ކުރުމަށް ދީބާޖާއިން ހުށަހަޅާފައިވާ ނުކުތާތަކަކީ ހައިކޯޓުން އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ގޮތެއް ކަނޑައަޅާފައިވާ ނުކުތާތަކެކެވެ. އެހެންވެ، ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ހުށަހަޅާފައިނުވާ ކަމެވެ.

އެގޮތުން އިއްޔެ ސުޕްރީމް ކޯޓުން، ދީބާޖާއިން އިސްތިއުނާފް ކޮށްދެއްވުމަށް ހުށަހެޅުމުން، އެ ނިންމުން ނިންމެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިއްތިފާގުންނެވެ.

ދީބާޖާއަށް ބަދަލު ނަގައިދިނުމުގެ މައްސަލަ ބޮޑުވެގެން ދިޔައީ، އިޖުރާއީ ނުކުތާއެއްގެ މައްޗަށް ސުޕްރީމް ކޯޓުން ބޮޑު އަދަދެއްގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް ހުކުމް ކުރުމާއެކު އެވެ. އެ ހުކުމް ނެރުއްވީ ކުރިން އޮތް ސުޕްރީމް ކޯޓުގެ ބެންޗުންނެވެ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ބާތިލުކޮށްފައިވަނީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ފެރީގެ ޚިދުމަތް ދޭން ދީބާޖާ އިންވެސްޓްމެންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން، ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ. ފަހުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް ސިވިލްކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

ބަދަލު ދޭން ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހުން އޭގެ ތެރެއަށް ވަނެވެ. އަދި ކޮމިޓީއަށް ކަމާއި ބެހޭ އިދާރާތްތަކުގެ ވެރިން ހާޒިރުކޮށް އެންމެ ފަހުން ނިންމީ ހުކުމް ރިވިއުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާށެވެ. އެހެންވެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކޮށްދޭން ހުށަހެޅި އެވެ.

އިސްތިއުނާފީ މުއްދަތާއި ގުޅިގެންނާއި، އަދި އިންސާފަށް ހުރަސްއެޅޭ ކަންކަން ހުރިކަން ފާހަގަކޮށް ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލު ކުރި އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: