ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ބޮޑަށް ފެތުރުނީ އިންޑިއާ ކޮވިޑު ވޭރިއަންޓު!

ޕޮޓޯ-ވަގުތުފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 ގެ ވޭރިއަންޓްތަކުގެ ތެރެއިން 27 އިންސައްތަ ވޭރިއަންޓަކީ އިންޑިއާ ވޭރިއަންޓް ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

އެޗްއީއޯސީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ކޮވިޑް 19 ގެ އެކި ވޭރިއަންޓް ފެތުރެމުންދާ ކަމަށާއި އޭގެތެރެއިން 27 އިންސައްތައަކީ އިންޑިއާ ވޭރިއަންޓް ކަމަށެވެ. އެއީ ޑެލްޓާ ވޭރިއަންޓެވެ. މީގެއިތުރުން، 20 އިންސައްތަ ސާމްޕަލް ފައްސިވެފައިވަނީ އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ ވޭރިއެންޓަށެވެ.

ނަޒްލާ ވިދާޅުވީ، އެންމެ ފަހުން ރާއްޖެއިން ޓެސްޓް ހެދުމަށް ފޮނުވި 30 ސާމްޕަލްއެއްގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހިންގެ ސާމްޕަލް އާއި، ބޭރު މީހުންގެ ސާމްޕަލް ހިމެނޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، މި ވޭރިއެންޓްތަކުގެ އިތުރުން ރާއްޖޭގައި އިތުރު އެހެން ވޭރިއެންޓްތައް ވެސް މިވަގުތު ފެތުރެމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެންމެ ގިނަ މީހަކު ފައްސިވަމުން އަންނަނީ އަލްފާ އާއި ޑެލްޓް ވޭރިއެންޓްއަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއަށް ނުރައްކާތެރި ކޮވިޑް 19 ގެ ދެވަނަ ރާޅު އެރުމާއިއެކު ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: