ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ފުވައްމުލައް ލާދީނީ ބިލާއި ދެކޮޅަށް ތެދުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަންނަ ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ސިޓީ ތަމްސީލް ކޮށްދޭ އެމްޑީޕީގެ ތިން މެމްބަރުން ވޯޓް ދީފިއެވެ.

އެގޮތުން މިއަދު އެބިލްގެ ފުރަތަމަ ކިއުން އިއްވައި، މެމްބަރުންނަށް ވަނީ ބަހުސްކުރަން ވެސް ފުރުސަތު ދީފައެވެ. ބަހުސްއަށް ފަހު ބިލް ބަލައިގަންނަ ފެނޭތޯ ބެލުމަށް ވޯޓަށް ހުޅުވާލުމުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުއާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވަނީ އެ ބިލް ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓް ދެއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓް ދެއްވިއެވެ. ބިލް ބަލައިގަންނަން ފެންނަ ކަމަށް 38 މެމްބަރުން ވަނީ ވޯޓް ދެއްވައިފައެވެ.

އެގޮތުން ހިސާން ހުށަހެޅުއްވި ބިލަށް މިއަދު ބަހުސް ކުރިއިރު، އިދިކޮޅު މެމްބަރުން ވަނީ ބިލާއި ދެކޮޅަށް ވާހަކަދައްކަވައި ސަރުކާރަށާއި އަދި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރުން އާދަމް ޝަރީފު އުމަރު ވަނީ ލާދީނީ ބިލް ފާސްކުރުމަށް އެމްޑީޕީ މެމްބަރުން ކުރައްވަމުންދާ މަސައްކަތަކީ ބޭރުގެ ބައެއްގެ ނުފޫޒުގެ ދަށުން ރާއްޖޭގައި ސެކިއުލަރ ވެރިކަމެއް ފެށުމަށް ކުރާ މަސައްކަތުގެ ގޮތުގައި ސިފަކުރައްވައިފައެވެ.

މީގެއިތުރުން މިއަދު ބިލަށް ކުރި ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަތަކުގައި ބިލް ހުށަހެޅުއްވި މެމްބަރު ހިސާން ވަނީ ބިލު ފަރުމާ ކުރީ އިސްލާމީ ޝަރީއަތުގެ ހަމަތަކަށް ރިއާޔަތްކޮށްފައި ކަމަށާއި، އަދި އެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކުރިޔަސް އޮޅުވާލެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ގާނޫނުލްއުޤޫބާތަށް އަލަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސަރުކާރުން ހުށަހަޅައި، ހިސާން ސްޕޮންސާރ ކުރައްވާފައިވާ އިސްލާހަކީ ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ނަފްރަތު އުފެދޭ ވާހަކަތައް ހުއްޓުމުގެ މަގްސަދުގައި ހުށަހަޅާ އިސްލާހެކެވެ. އޭގެ ކުރިން ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބިލެއް ޑްރާފްޓު ކުރި އެވެ. އަދި މަޖިލީހުގައި އެކަމަށް ބަހުސް ކުރިއިރު، ގިނަ މެމްބަރުން ވަނީ މީހުންނާއި މެދު ނަފްރަތު އުފައްދައި “ލާދީނީ” ޓެގު އެޅުވުން އާއްމުކަމަކަށް ހަދާފައިވާ ކަމަށެވެ.

ހިސާންގެ ބިލުގައި ވަނީ، މީހުންނާއި މެދު ނަފްރަތުގެ ބަސްތައް ބޭނުން ކުރުން ހުއްޓުވުމަކަށް ގެނައުމަށެވެ.

ވަރަށް ގަދަ
16%ވަރަށް ގަދަ 26%ވަރަށް ގަޔާވޭ 26%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 16%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މިބިލަށް ކާކު ދިން ނަމެއްތޯ ލާ ދީނި ބިލް. ޥަކި ގޮތަކަށް ބައްޓަން ނުކުރައްވާ

  2. ފުވައް މުލަކަކީ ވެސް ހަމަ އެހާ ޖާހިލުން ގިނަ ރަށެއް ހެއްޔެވެ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: