ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔޯޑިގްރޭޑަބަލް ކޮތަޅުކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް އާއްމުކޮށްފި

ޕްލާސްޓިކް ކުނިތަކެއް ޖަމާވެފައި. މޫދަށް ކުނި އެޅުމަކީ އެންމެ އާންމުކޮށް ކުރާ ތިމާވެއްޓަށް ގެއްލުންދޭ ކުށް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޔޯޑިގްރޭޑަބަލް ކޮތަޅުކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން އާއްމުކޮށްފިއެވެ.

އެގޮތުން، ބަޔޯޑިގްރޭޑަބްލް ކޮތަޅުކަން އަންގައިދޭ ސެޓުފިކެޓު ދޫކުރެވޭނީ، ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ ނުވަދިހަ އިންސައްތަ ގިނަވެގެން އެއްސަތޭކަ އަށްޑިހަ ދުވަހުގެ ތެރޭގައި އަމިއްލަ ޒާތުގައި ނެތިފަނާވެގެންދާ ބާވަތުގެ ކޮތަޅަކަށް ވާނަމައެވެ.

މީގެއިތުރުން، ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ، އެންމެ މަދުވެގެން ނުވަދިހަ އިންސައްތަ އަކީ އޯގަނިކް މެޓީރިއަލް ކަމުގައި ވުމާއި، ކޮތަޅު ނެތި ފަނާވެގެން ދިއުމުގައި އެއްވެސް ބާވަތެއްގެ ނުރައްކާތެރި މާއްދާއެއް މާޙައުލުތެރެއަށް ބޭރުވެގެން ނުދިއުމާއި،  ކޮތަޅު ތައްޔާރުކުރާ މެޓީރިއަލްގެ ނޮންބަޔޯޑިގްރޭޑަބްލް ފްރެކްޝަން ފަހެއް އިންސައްތައަށްވުރެ މަތި ނުވުމާއި،  ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްގެން ރާއްޖެއަށް އެތެރެކުރާ ކޮތަޅެއްނަމަ، އެ ކޮތަޅު އުފައްދައިފައިވާ މެޓީރިއަލްއަކުން، އޭގައި ބަންދުކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރުން ވެސް ހިމެނެއެވެ.

މީގެއިތުރުން ރާއްޖެ އެތެރެކުރާ ކޮތަޅުތަކުގެ ބޭރުގައި، ނެތިފަނާވުމަށް ބޭނުންވާ ޝަރުޠުތައް ލިޔެފައި އިނުމާއި،  ނެތިފަނާވުމަށް ނަގާ މުއްދަތު އަދި ކޮތަޅު އުފެއްދި ތާރީޚު ހުރުމާއި، ކޮތަޅުގައި އެކުލެވޭ ބަޔޯޑީގްރޭޑަބްލް އެޑިޓިވްސްގެ ނަން އިނުމާއި، ކޮތަޅު ރާއްޖެއަށް އެތެރެކުރި ނުވަތަ ރާއްޖޭގައި އުފެއްދި ފަރާތުގެ ނަން ނުވަތަ ލޯގޯ އިނުމާއި، އޭޖެންސީން ދޫކުރާ ސެޓުފިކެޓު ނަންބަރު އިންނަން ޖެހެއެވެ.

މީގެއިތުރުން އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި އުޞޫލަށް ޢަމަލުކުރަން ފެށުމާއިއެކު ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނެ މިންގަނޑުތައް 2012 އުވުނީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: