ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީލައިފް އަންމަޓީ ބަންދުން ދޫކޮށްލައިފި

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށްފައިސާ ނެގި، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) އަށް ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށްލައިފި އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށްގެން ރާއްޖެ ވަނީ ގެނެސްފައެވެ.

މިއަދުގެ ޝަރިއަތުގައި އައްމަޓީ ބައިވެރިވެފައިވަނީ މާފުށިންނެވެ. އަދި ކޮވިޑްގެ ފިޔަވަޅުތަކުގެ ސަބަބުން ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

މިއަދުގެ އަޑުއެހުމުގައި އައްމަޓީގެ ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވި ގޮތުގައި އައްމަޓީއަކީ ފިލައިގެން އުޅުނު މީހެއް ނޫން ކަމަށާއި މައްސަލާގައި ހިމެނެނީ ކީތާބީ ހެކި އެކަނި ކަމުން ހެއްކަށް ނުފޫޒު ނުފޯރުވުމުގެ ޖާގައެއް ނެތް ކަމަށެވެ.

އަންމަޓީ ބަންދުން ދޫކޮށްލާފައި ވަނީ ދެ ޝަރުތެއް ކުރުމަށް ފަހުގަ އެވެ. އެއީ މާލެއިން ބޭރަށް ނުދިއުމަށާއި އަދި ރާއްޖޭއިން ބޭރަށް ފުރައިގެން ނުދިއުމަށެވެ. މި ނިންމުން މުރާޖައާ ކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާ ކަމަށް ވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މީވަގުންގެ ސުވަރުގެޔެ އަމާނައިއްތެރިންގެ ނަރަކަޔެއް ވައްކަންކުރިވަރަކައް އަބުރާއިއްޒަތްމަތިވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: