ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލާ ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފަށާ ވާހަކަ ދޮގުކޮށްފި

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ--
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާ އިޒްރޭލާ ދެމެދު ވައިގެ ދަތުރުތައް ފަށަން އުޅޭކަމަށް ދެކެވޭ ވާހަކަ ޓްރާންސްޕޯޓް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެ އާއި އިސްރާއީލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވެސް ނުވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާ ކަމަށާއި އަދި އިސްރާއީލާ ދެމެދު ވައިގެ ދަތުރު ފަތުރު ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައި ނުވާ ކަމަށާއި ފަތުރަމުންދާ މައުލޫމާތަކީ ހަގީގަތާ ހިލާފު އެއްވެސް އަސާސެއް ނެތް މައުލޫމާތެއް ކަމަށް ވަނި ބުނެފަ އެވެ.

ޓްރާންސްޕޯޓުން ބުނެފައިވަނީ ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައިނުވާކަމަށާއި، އަދި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: