ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަކީ ނަމޫނާ ބޭފުޅެއް، ގޯހެއް ނަހައްދަވާނެ: އަލީ ސޯލިހު

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް:- ފޮޓޯ_ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމަށް އައުމަށްޓަކައި ކޮންމެ ފަދަ ސަކަރާތެއްވެސް ބައެއް ބޭފުޅުން އެބަ ޖައްސަވާ ކަމަށް ޖުމްހުރީ ޕާޓީގެ ސްޕޯކްސްޕާސަން އަދި އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޗ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.

“ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ހިންގޭ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކޯޅުންތަކަށް އިޝާރާތް ކުރައްވައި ވާހަކަދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ، އޭރު ޑީއާރުޕީ އުފެދިގެން އައީ ވަރުގަދަ ގިނަ ލީޑަރުންތަކަކާއި އެކުގައި ކަމަށާއި، އެ ޕާޓީގައި ތިއްބެވީ އޭރު ރާއްޖޭގެ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވި ނަން ކިޔާލެވޭ ބޭފުޅުން ކަމަށެވެ. އަދި ޑީއާރުޕީ ހަލާކުވާން ފެށީ އޭރު ޑީއާރުޕީގެ ޒައީމުކަމުގައި ހުންނެވި އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ސިޔާސީ ކަންކަމާއި ދުރުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އަލީ ސޯލިހު ވަނީ އެބޭފުޅާގެ ވާހަކައިގައި ޑީއާރުޕީގެ ހަލާކުވީ ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމުގެ ސަބަބުން ކަން ދޭހަވާ ގޮތަށްވެސް ވާހަކަފުޅު ދައްކަވައިފައެވެ.

އެގޮތުން ރާއްޖޭގެ ރައީސްކަމަަށް އައުމަށްޓަކައި ބައެއް ބޭފުޅުން ތިއްބެވީ ކޮންމެ ފަދަ ސަކަރާތެއްވެސް ޖައްސަވަން ތައްޔާރުގައި ކަން ފާހަގަކުރައްވައި އަލީ ސޯލިހު ވިދާޅުވީ، އެއީ ސިޔާސީ ގޮތުން މި ގައުމަށްވެސް އަދި ރައްޔިތުންނަށްވެސް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. މިވަގުތު ރާއްޖޭގައި އޮތް އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީގެ އެތެރެވެސް އެ ޕާޓީގެ މެމްބަރުން ސިފަ ކުރައްވާ ވަރަށް އެކުވެރިވެފައި ވަރުގަދަ ނޫން ކަން ވެސް އަލީ ސޯލިހު ފާހަގަކުރެއްވިއެވެ. ޕީޕީއެމްގެ އެތެރޭގައި ޖެހިފައި ހުރި މައްސަލަތަކާއި ބައިބައިވުން ގޮށެއް ޖަހައިގެން ހިފައްހައްޓަނީ ޕީއެންސީ ކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ. އަލީ ސޯލިހް ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެ ވިދާޅުވާ ވަރުގަދަ ކަމެއް ޕީޕީއެމް އަދި ޕީއެންސީގެ ގުޅުމުން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އަލީ ސޯލިހް ވިދާޅުވީ މިއަދު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ޞާލިހް އަކީ ނަމޫނާ ބޭފުޅެއް ކަމަށެވެ. ދުނިޔެއަށް ދިމާވި ނުރައްކާތެރި ކޮވިޑް 19 ބަލިމަޑުކަމުގެ ސަބަބުން ސަރުކާރަށް ރާވާފައިހުރި ކަންކަން އެންމެ ބާރު ދުވެލީގައި ކުުރިއަށް ނުގެންދެވޭ ކަން ފާހަގަކުރައްވަމުން އަލީ ސޯލިހް ވިދާޅުވީ، ދުރުވިސްނުމަކާއިއެކު ކޮވިޑް އާއި ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއި ދެއްވަން ޖެހިވަޑައިގަންނަވާ ވަގުތު އެކަންވެސް ކުރައްވައި ކަމަށާއި އަދި ފިޔަވަޅުތައް ހަރުކަށި ކުރައްވަން ޖެހިވަޑައިގަންނަވާ ވަގުތު ރައީސް އެކަން ވެސް ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އާއްމު ތަނެއްގައި މުސްލިމަކު ދިމާލަށް ކާފަރެކޭ ބުނުން ކުށަކަށް ހަދައި ބިލާއި ދޭތެރޭ ޖޭޕީ އިންވެސް ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަންކަން ހުރިކަން ފާހަގަކުރައްވައި އަލީ ސޯލިހް ވިދާޅުވީ، ޖޭޕީ އިން އެކަމާއި ގުޅޭގޮތުން ތަފްސީލީ ބަޔާންތައްވެެސް ވާނީ ނެރެފައި ކަމަށެވެ. ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ތިބުމަކީ ޕާޓީގެ ފަރާތުން ބުނަން ޖެހޭ ހައްގު ބަސް ބުނުމަށް ހުރި ހުރަހެއް ނޫން ކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: