ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފެސިލިޓީގެ ވޮލެންޓިއަރުންނަށް ރައީސްގެ ޝުކުރާއި ތައުރީފް!

ފޮޓޯ-ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރާ ވޮލަންޓިއަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާ ކުރައްވައިފި އެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ކުރިމަތިލާން ޖެހުނު އެންމެ ދަތި އުނދަގޫ ވަގުތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވޮލަންޓިއާ މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ހިތުގެ އިހުލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތަކަށް ހިތްޕުޅުގެ އެންމެ ފުނުން ޝުކުރު އަދާކުރައްވާ ކަމަށާއި އެ މަސައްކަތްތެރިންގެ ހިތްވަރުން ގައުމު ކޮވިޑްގެ ވަބާއިން އަރައިގަނެވެމުން އަންނަ ކަމަށެވެ.

”ވޮލެންޓިއަރުންގެ މަސައްކަތަށް ގައުމު ޝުކުރުވާއިރު އެ ފަރާތްތަކުން ކޮށްދިން ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރެވޭނެ.” ރައީސް ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަދުމަދު ވެސް ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މެދު ނުކެނޑި ހަތަރު ހަފްތާގައި މަސައްކަތް ކުރައްވާފައެވެ.

ފަޒްނާ ވިދާޅުވީ އެކަމަނާއަށް ވުރެ އުމުރުގެ ގޮތުން ހަގު ވޮލަންޓިއަރުން އެ ތަނުގައި އެކުގައި މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އުމުރުގެ ތަފާތު އިހުސާސްވެ ވަޑައިނުގަންނަވާ ވަރަށް އެންމެން ވެސް ގުޅޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: