ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލާފައި އޮއްވާ ފެނިއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

13 އަހަރުގެ ކުއްޖަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

އެ ކުއްޖާ ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޭރު މޫދުން ފޮއްޓަކަށްލާފައި އޮއްވައެވެ.

ކުއްޖާ އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް މަންޒަރުދުށް މީހަކު ވަނީ ސަންގާއި ހިއްސާކޮށްފައެވެ.

ފުލުހުން ދާދި ދެންމެއަކު ބުނީ އުމުރުން 13 އަހަރުގެ ފިރިހެންް ކުއްޖަކު ރަހީނު ކުރި މައްސަލަ، ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައި ކަމަށެވެ. މި މައްސަލަ ހުށަހެޅުމުން، ކުއްޖާ ހޯދުމަށް ކުރި މަސައްކަތުން، މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު، އެ ކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ފުލުހުންނަށް އެކުއްޖާ ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. އެކުއްޖާ މަރާލުމަށްފަހު އޮތީ ފޮއްޓަކަށް ލާފައިއެވެ. އެގޮތުން ފުލުހުން ވިދާޅުވީ އެމައްސަލައާއި ގުޅިގެން ދެމީހަކު ވަނީ މިހާރު ހައްޔަރުކޮށްފައި ކަމަށެވެ. އެއީ އުމުރުން 17 އަހަރުގެ ފިރެހެން ކުއްޖަކާއި، 23 އަހަރުގެ ފިރެހެނެކެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 83%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: