ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމިކް މިނިސްޓްރީގެ ލަފާ: ދީނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް ބިލުގައި ހިމަނަން ޖެހޭ!

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްރަތު އުފެއްދުން ކުށަކަށް ހަދައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އިސްލާމްދީނާ ދެކޮޅަށް މުޖްތަމައުގައި ހިންގާ ނަފުރަތުގެ އަމަލުތައް ވެސް ހިމެނުމަށް އިސްލާމިކް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފި އެވެ.

ފުރިހަމަ މުސްލިމަކަށް އަމާޒުކޮށް އާއްމުތަނެއްގައި އޭނާއަކީ “ލާދީނީ” މީހެއްކަމަށް ނުވަތަ “ކާފަރެއް” ގެ ގޮތުގައި ލޭބަލް ކުރުން ކުށަކަށް ހެދުމަށް ގާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންނެވެ.

ގާނޫނުލްއުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، 124 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށް ބަޔާންކޮށްފައި ވެއެވެ. އެ މާއްދާގެ އެއް ވަނަ ނަމްބަރުގައި ބުނެފައިވަނީ އާއްމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮލަށް މީހެއްކަމަށް ތުހުމަތު ކުރުންމަކީ ކުށެއް ކަމަށެވެ. އަދި ދެވަނަ ނަމްބަރުގައި ވަނީ އިސްލާމީ އަގީދާއާއި ގުޅުވައި މުޖްތަމައުގައި މީހަކާއި މެދު ނަފްރަތު އުދެއްދުން ކުށަކަށް ހެދުމަށެވެ. އާއްމތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި ހިމެނުމަށް ތިންވަނަ ނަމްބަރުގައި ވެއެވެ. ހަތަރު ވަނަ ނަމްބަރުގެ ދަށުން އާއްމުތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ތުހުމަތެއް ނުކުރެވޭނެ އެވެ.

މިނިސްޓްރީން މިއަދު އާއްމު ކުރި ބަޔާނުގައި ބުނީ، “ނަފްރަތުގެ އަމަލުތައް ހުއްޓުވުން” ނަމުގައި އާނޫނުލްއުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅިފައިވާ ބިލަށް ރައުޔު ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް މަޖިލީހުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، ބިލާއި ގުޅޭގޮތުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، އަދި ގަނޫނީ ދާއިރާގެ ބޭފުޅުންނާއި މަޝްވަރާކޮށް އެ ބިލު ފާސްވެގެން އަންނަ އިރު ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ބުރޫއަރާ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހީނަރުކަމެއް ނާންނާނެ ގޮތަކަށް ފަރުމާ ކުރުމަށް މަޝްވަރާ ކުރެވުނުކަމަށް ބަޔާނުގައި ވެއެވެ.

“އިސްވެ ދެންނެވުނު މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް މި މިނިސްޓްރީގެ ރައުޔު ބިނާކޮށްފައިވާނީ މައިގަނޑު ތިންކަމެއްގެ މައްޗަށް ރިއާޔަތް ކުރެވިގެންނެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށެވެ.” އިސްލާމިކް މިނިސްޓްރީ

ދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރާއިރު އިސްލާމްދީނާއި ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ދެކޭކަކަށެވެ.

“އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބައެއް ގައުމުތަކުން ނުވަތަ ޖަމާއަތްތަކުން ބޮޑެތި ޖަރީމާތައް ހިންގާ ހިނދު އެކަމާއި ދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް ހިމެނޭ ގޮތަށް ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ ބައިނަލްއަޤުވާމީ ގޮތުން ވެސް ބަލައިގަނެވޭ ކަންކަން ކަމުގައި ވާތީ އެފަދަކަންކަން ޖިނާއީ ކުށެއްގެ ގޮތުގަ މާނަ ކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށް ވެސް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތްކޮށްފައި ވާނެއެވެ.” އިސްލާމިކް މިނިސްޓްރީ

މުޖުތަމަޢޫގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެ ނޫންވެސް މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމާއި އެކި ބާވަތުގެ ވާދަވެރިކަމުގައި ފިތުނަ ފަސާދަ އާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާ ކުރާ ކަންކަމުގެ ގޮތުގައި މިނިސްޓްރީން ފާހަގަ ކުރި އެވެ. އަދި ބުނީ އެފަދަ އެއްވެސް އަމަލަކަށް ދެވޭނެ ތަރުހީބެއް ނޯންނާނެކަށެވެ.

އެހެންކަމުން ބިލު ގާނޫނަކަށް ވެގެން އަންނައިރު ރާއްޖޭގެ ދީނީ އީލްމުވެރިންގެ ލަފާތަކަށް ބިނާކުރުމާއި އެކު މިނިސްޓްރީން ހުށަހެޅި އިސްލާހުތަކަށް ސަމާލުކަން ދޭނެކަމުގެ އުންމީދު ކުރާކަމަށް ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.

މި ބިލް މަޖިލީހަށް ބަލައިގަނެ، ކޮމިޓީ މަރުހަލާ ވަނީ ފަށާފައެވެ. މިއީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދޭ ގާނޫނީ ހިމާޔަތެއްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ލާދީނީ ބައިގަޑުގެ ހުރި ވަރެއް އެގިދާނެތާ؟ ކޯލިޝަން ހަދައިގެންތިބި އިލްމުވެރިންގެ ބަސް އަހާތޯ ބަލަން ތިބެމާ. ކުށަކަށްވަނީ ލާދީނީ އޭ ގޮވީމައޯ؟؟!! އިސްރާއި މިއުރާޖު އިންކާރުކޮށް ފަތުރާ ފިތުނަ ނުވެޔޯ ފިތުނަ އަކަށް!!! ކިހާމޮޅު؟؟؟.ތީއްޗެއް ލާދީނީ ބައިގަޑު ހުށަހަޅައިގެން އުޅޭ ގޮތަށް ފާސްވިޔަސް ލާދީނީ އޭ ގޮވަން ޖެހޭ މަހައްލުގަ ގޮވޭނެ ހަމަ. ޢެހިސާބުން ދެން ޖެހޭނީ ދިވެހި ހުރިހާ މުސްލިމް ރައްޔިތުން ލާނެ ބޮޑު ޖަލެއް ތައްޔާރުކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: