ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެ މަތީގައި، އަޅުގަނޑަށް ނިކަމެތި ކަމެއް ނުލިބޭނެ: އިޔާޒް

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދުނިޔެމަތީ ޙުކުމްކޮށް އަދަބު ދެވިދާނެ ކަމަށާއި، މާތް اللهގެ އިރާދަފުޅާއެކު އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެކަމަށް ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

އެމްއެންޔޫގެ ވައިސް ޗާންސިލަރު ޑރ. މުހައްމަދު ޝަރީފް ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިޔާޒު ވަކިކޮށްފައިވަނީ ތަފާތު އެކި ފަހަރުމަތިން ނަސޭހަތްދީގެން ވެސް އިސްލާހުނުވުމާ ގުޅިގެން ކަމަށެވެ.

އެކަމާ ގުޅިގެން ޝަރީފް ޓެގް ކުރައްވައި އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިޔަބައި މީހުންނަށް ޙުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެ މަތީގައި ކަމަށާއި ނަމަވެސް މާތްﷲ އިރާދަކުރެއްވިއްޔާ އޭނާ އަށް ނިކަމެތި ކަމެއް ނުލިބޭނެ ކަމަށެވެ.

އިތުރު ޓްވީޓެއްގައި ޑރ. އިޔާޒް ވިދާޅުވީ އޭނާގެ ކޮމެންޓެއް ހޯދަން ވަރަށް ގިނަމީހުން ގުޅަމުންދާ ކަމަށެވެ.

“އަޅުގަނޑުގެ ފަރާތުން ދަންނަވަން އޮތީ ފިރުޢައުނާއި މުޚާޠަބުކޮށް ސިހުރުވެރިން ދިން ޖަވާބު” އޭނާ ވިދާޅުވެފަވެއެވެ.

ސޯޝަލް މީޑިއާގައި ޑރ. އިޔާޒް ފާޅުކުރަށްވާފައިވާ ޚިޔާލުތަކަކާ ގުޅިގެން، އެ މައްސަލަ ބަލަމުންދާތީ މިއަހަރުގެ މާރިޗް މަހު އޭނާ ސަސްޕެންޑް ވެސް ކުރިއެވެ.

އިޔާޒު އެ ވަޒީފާއިން ވަކިކޮށްފައިމިވަނީ އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދޭ ކަމަށް ބުނެ އިޔާޒު ކުރެއްވި ޓްވީޓެއްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަމުން ދަނިކޮށެވެ. އެ ޓްވީޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއް ވެސް ވައްދާފައެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 25%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސިހުރުވެރިން ފިރުޢައުނަށް ބުނި ބަސް
    قَالُواْ لَن نُّؤۡثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلۡبَيِّنَٰتِ وَٱلَّذِي فَطَرَنَاۖ فَٱقۡضِ مَآ أَنتَ قَاضٍۖ إِنَّمَا تَقۡضِي هَٰذِهِ ٱلۡحَيَوٰةَ ٱلدُّنۡيَآ

    އެއުރެން ބުނޫއެވެ. بيان ވެގެންވާ حجّة އާއި، دليل ގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياة ގައެވެ.

    -Surah Ta-Ha, Ayah 72

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: