ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. އިޔާޒް ވަޒީފާއިން ވަކިކުރުމަކީ އިންސާފެއް ނޫން: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޔޫގެ ލެކްޗަރާގެ މަގާމުން ޑރ.މުހައްމަދު އިޔާޒު ވަކިކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާގެ މަގާމުގައެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކުރަށްވާފައި ވަނީ  ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް ބައެއް މީޑިއާތަކަށް ވިދާޅުވެފަވެއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ހިދުމަތް ކުރައްވާ ބޭފުޅެއް ކަމަށާއި އިޔާޒުގެ ބައެއް ފިގުހީ ރައުޔާއި އެއްބަސްނުވެވުނަސް އޭނާއާ މެދު އެމްއެންޔޫ އިން އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ކަމަށް ނުދެކޭ ކަމަށެވެ.

އަދި ދީނީ ހިލާފުތަކާއި މެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު އިލްމީ ގޮތުން ރީތި އަހުލާގާއި އެކީ ބަހުސްކޮށް ހައްލު ހޯދެންވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

“ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީން އެ ދޮރު ބަންދުކޮށް، ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ނިންމުން މުރާޖައާ ކުރުމަށް ގޮވާލަން” އިމްރާން ވިދާޅުވިއެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އިޔާޒް ސޯޝަލް މީޑިއާގައި ދައްކަވާ ވާހަކަތަކާ ގުޅިގެން އެމްއެންޔޫގެ މައްސަލަ ބަލާ ކޮމެޓީން އެ މައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އިޔާޒް ދައްކަވާ ވާހަކަތައް ހޫނުވެ، އޭނާއަށް ފިޔަވަޅު އަޅައި އެމްއެންޔޫއިން ވަކި ކުރުމަށް ގިނަ ފަރާތްތަކެއް ވަނީ މީގެ ކުރިން ގޮވާލައިފައެވެ.

އަންހެނުން ހިތާނުކުރުމަަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ތާއީދު ކުރައްވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: