ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ހާއްސަ މަންދޫބު އީވާއާ ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހާއްސަކުރައްވާފައިވާ މަންދޫބު އައްބާސް ފާއިޒު ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއާ ބައްދަލުކުރައްވައިފި އެވެ.

އެ ދެބޭފުޅުން ބައްދަލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އެ ބައްދަލުވުމުގައި އެ ހަމަލާގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ރައީސްގެ ހާއްސަ މަންދޫބަކަށް އިނގިރޭސި ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒު ހަމަޖެއްސީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ.

ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ ހައެއްގެ ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއްގައި ޕްރޮސެކިއުޓަރު ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އޭނާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: