ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ފެންނަނީ ސަރުކާރު ނޭވާހޮޅިއަށް އެޅެމުންދާތަން: ސައީދު

Alert level mathikurumun fathuruverikama asaru kuraane: @em_saeed
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ނޭވާހޮޅިއަށް އެޅެމުންދާތަން ފެންނަމުންދާ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފެންނަމުންދަނީ ސަރުކާރު ނޭވާހޮޅިއަށް އެޅެމުންދާތަން ކަމަށާއި ރައީސް ޔާމީނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ދައްކާ ބިރަށް، ގައުމު ދޫކޮށް ފިލަން ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

“ރައީސް ސޯލިހަށް އެނގިވަޑައިގަންނަވަންވީ އިންތިހާބުގައި ވޯޓުލާނީ ބޭރު ރައްޔިތެއް ނޫންކަން” ސައީދު ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރުވާން އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ.

ރައީސް ޔާމީނަށް ތުހުމަތު ކުރަނީ، ރިޟްވާންގެ މައްސަލަ ބަލައި ތަހުގީގު ކުރުމުގައި އެމަނިކުފާނު ހުރަސް އެޅުއްވި ކަމަށެވެ.

މަރު ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުވާން އަންގާފައިވާ ގަޑި އަދި ސާފެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: