ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުބާ ނުވެއްޖެނަމަ، ވައްޑެ މަރާލަން ގޮވާލި ޓީޗަރު ވަޒީފާއިން ވަކިކޮށްފި

ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް/ މަރުގެ އިންޒާރު ދިން މައްސަލައިގައި މޭއި ފަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޝަނުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުން ދިޔަ ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް ވަޒީފާ އިން ވަކިކޮށްފި އެވެ.

އަޝްރަފް ނަމަކަށް ކިޔާ މީހެއް މެމްބަރު ވައްޑެއަށް އަމާޒުކޮށް އިންޒާރުދީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި މައްސަލައެއް ފެންމަތިވީ މިދިޔަ މޭއި މަހުގެ ތެރޭގަ އެވެ. އަދި އޭރުން ފެށިގެން އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ.

ވައްޑެއަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނެ، އޭނާގެ ފޮޓޯގައި ރަސްގެ ލައި ތައުބާ ވުމަށް ވެސް ގޮވާލާފައި ވެއެވެ. އަދި މުސްލިމް ގައުމެއްގައި ދީނަކީ އެއީ ވައްޑެމެން ފަދަ ބޭފުޅުން ކުޅެން ގެންގުޅޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

މީހުންނަށް މަރުގެ އިންޒާރުދީ އެފަދަ ޕޯސްޓުތައް ކުރުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މަނާވާނެ އެވެ. މި މައްސަލައިގައި އަޝްރަފުގެ މައްޗަށް ފިޔަވަޅު އެޅި އެންމެ ބޮޑު ސަބަބަކީ އޭނާއަކީ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭ މީހަކަށްވެފައި އެފަދަ ޕޯސްޓުތައް ކުރުމުން އޭގެ ސަބަބުން ކުދިންނާއި މުޖްތަމައުއަށް ނޭދެވޭ އަސަރު ކުރާނެތީ އެވެ. އަދި އެފަދަ އަމަލެއް ކުރުމަށްފަހު ދެން މަގާމުގައި ބެހެއްޓުމުން ވާނެ ގެއްލުންތަކަށް ބެލުމަށްފަހު ވަޒީފާއިން ވަކި ކުރީ އެވެ.

މަރުގެ އިންޒާރު ދިން މައްސަލައިގައި އަޝްރަފު ވަޒީފާއިން ވަކި ކުރިއިރު އޭނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަން ސާފެއް ނޫނެވެ.

ތައުބާ ނުވެއްޖެނަމަ ވައްޑެ މަރާލަންޖެހޭކަމަށް ބުނެ، އަޝްރަފު ޕޯސްޓުތަކެއް ކުރީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ޖަލްސާއެއްގައި ވައްޑެ ދެއްކެވި ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މަރަށް މަރު ހިފަން މަޝްވަރާ ކުރުމުންނެވެ. ރައީސް ޔާމީންގެ އެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވައްޑެ ސިފަ ކުރެއްވީ އެކަން ކުރަން އުޅުނީ ސިކު ބައެއްގެ ގޮތުގަ އެވެ.

އިންޒާރު ދިން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އިސްލާމީ ޝަރީއަތުގައި މީހަކު ގޯސް ވާހަކައެއް ދެއްކުމުން އެންމެ ފުރަތަމަ ވެސް ބަލަނީ އެއީ ގަސްތުގައި ދެއްކި ވާހަކައެއްތޯ ނުވަތަ ނޫންތޯ ކަމަށެވެ. އަދި ދެން ބަލަނީ އޭގެ ނިޔަތް ކަމަށެވެ. އެހެން ދިވެހިރާއްޖޭގެ މުޖްތަމައު ތެރެއިން ފެންނަނީ ރާއްޖޭގައި އިސްލާމީ ޝަރީއާ އޮވެމެ، އިސްލާމިކް މިނިސްޓްރީއާއި ކަމާއި ބެހޭ އެހެން އިދާރާތައް ފެއިލްވެގެންދާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ބޭރުގެ ބޮޑެތި ފިލްމުތަކުގައި ފެންނަހެން މީހުންގެ ފޮޓޯތަކުގައި ރަސްގެލައި، މީއީ ކުފުރުވެފައިވާ މީހުންގެ ގޮތުގައި ސަފަކޮށް ލިޔާ މީހުންގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ހުއްދަ ދީގެން ދަރުސްދޭ މީހުން ހިމެނޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: