ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގަށް ޔާމީން ދެއްވި ބަޔާން ލީކުވި ގޮތް ބަލައިދޭން އެދިއްޖެ

ރައީސް ޔާމީނާއި ގުޅޭގޮތުން ހުށަހެޅި މައްސަލައެއްގައި މާފުށީ ޖަލުން ރައީސް ހާމީން ފުލުހަށް ހާޒިރު ކުރި ދުވަހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ތަހުގީގަށް ދީފައިވާ ބަޔާން ލީކުވި ގޮތް ބަލައިދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރެފައިވާ ބަޔާނެއްގަައި ބުނެފައިވަނީ އެ މައުލޫމާތުތަކަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމާއެކު ޝަރީއަތަށް ނޫފޫޒު ފޯރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ކަމަށެވެ.

އެ ހަބަރުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކަކާއި އެމަނިކުފާނުގެ ފަރާތްޕުޅުން ތަހުގީގީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ސައްހަކަން ކަށަވަރު ނުވާ މައުލޫމާތުތަކެއް ހުރި ކަމަށެވެ.

ކޯޓެއްގައި ހިނގަމުން ދާ މައްސަލައަކާ ގުޅިގެން ތަހުގީގު އިދާރާއަކަށް އާންމު ފަރުދަކު ދީފައިވާ މައުލޫމާތުތަކެއް ނޫހެއްގައި ޝާއިއުކޮށް ހެދުމަކީ ޝަރީއަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ އަމަލެއްކަމުގައި ބެލެވޭއިރު އެފަދަ މައުލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިއުކުރި ފަރާތުން އެކުރަނީ ޖިނާއީ ކުށެއްގެ ގޮތުގައި ސިފަ ކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެން ކަމުން އެ ކަމަށް ފިޔަވަޅު އެޅުމަށް އެދިފައިވެއެވެ.

“އެ ހަބަރު ކިޔާލުމުން އެ ހަބަރުގައި ވާ މައުލޫމާތުތަކުން ކުށެއް ނެތް މައުސޫމް ބޭފުޅަކު ރައްޔިތުންގެ ކުރިމަތީ ބަދުނާމު ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭތީ މިކަމަކީ ސަރުކާރާއި ޕްރޮސެކިއުޓަރު ޖެނެރަލް އާއި ފުލުހުންގެ އިދާރާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއްކަމަށްވެސް ބެލުމުގެ ޖާގަ އޮތްކަމަށް ފެންނާތީ އެކަންވެސް ސަރުކާރުގެ ނުފޫޒުތަކުން އެކަހެރިވެފައިވާ ދައުލަތުގެ މިނިވަން މުއައްސަސާއަކުން ބަލާ ފިޔަވަޅު އެޅުމަށް މިކޯލިޝަނުން ގޮވާލަމެވެ،” އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: