ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫން، ޖާބިރަށް ދިން ގެއްލުންވެސް ބަލަން ޖެހޭ: ދިޔާނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދިން ގެއްލުންވެސް ފުލުހުން ބަލަން ޖެހޭ ޖާބިރުގެ އަނބިކަބަލުން އަދި ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު ވިދާޅުވެެއްޖެއެވެ.

މިދިޔަ ރިޔާސީ ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވިދާޅުވެ، އެ ރުފިޔާ ހޯދަން ޖާބިރު ވަނީ ފުލުހަށާއި ކޯޓަށް އެ މައްސަލަ ހުށަހަޅައިފައެވެ. ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ރައީސް މައުމޫނަށް ނުދެއްކިއްޖެނަމަ މުގާބިލުގައި މއ. ކިނބިގަސްދޮށުގެ ދިނުމަށް އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

އެ މައްސަލާގައި ޖާބިރުގެ ފަރާތުން އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާތީ، އެ މައްސަލަ ސާބިތުނުވާ ކަމަށް ކޯޓުންވެސް ވަނީ ނިންމައިފައެވެ. އަދި ފުލުހުންވެސް ވަނީ އެކަށީގެންވާ ހެކި ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންގޮސްފައެވެ.

ރައީސް މައުމޫންގެ ފަރާތުން އެ ފައިސާ ނުދައްކާ ކަމަށް ވިދާޅުވެ، ޖާބިރު އިއްޔެ ވަނީ ކިނބިގަސްދޮށުގެއާ ހަވާލުވުމަށް އެގޭ ކައިރިއަށް ގޮސްފައެވެ. އަދި އެގޭގެ ފާރުމައްޗަށް އަރުވާފައިވާ ވެޔޮގަނޑަކަށް އޭނާ ވަނީ ގެއްލުންދީފައެވެ. އެ މައްސަލަ ފުލުހުން މިހާރު ވަނީ ބަލަން ފަށާފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ދިޔާނާ ވަނީ އެ މައްސަލަވެސް ބަލަންވީ ކަމަށާއި، އަދި މައުމޫން ޖާބިރަށް ދިން ގެއްލުމުގެ މައްސަލަވެސް ބަލައިދޭން އެދިވަޑައިގެންފައެވެ.

ރައީސް މައުމޫން ޖާބިރުއަތުން ފައިސާނަގާ އަނބުރާ ނުދޭ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ފާހަގަކޮށް ދިޔާނާ ވިދާޅުވީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެކަމަށާއި، މައުމޫނަށް ލިބޭ ގެއްލުންބެލިފައި މައުމޫން އެހެން މީހުނަށްދޭ ގެއްލުން ނުބެލޭގޮތަށް އޮތުމަކީ ގޯހެއް ކަމަށެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: