ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ދިން ހަމަލާ: “241 ކޮމިޓީގެ ލަފާތަކަށް ސަރުކާރުން އިޖާބަ ދޭނެކަމަށް ނުފެނޭ”

ރައީސް މުހައްމަދު ނަޝީދާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ލިބުނު ސީރިއަސް ބޮޑެތި ޒަހަމްތަކައް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ރައީސް ނަޝީދު އެނބުރި ގައުމަށް ވަޑައިގަންނަވަން ސަރުކާރުން ބޭނުން ނުވާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިދިޔަ މޭއި މަހުގެ 06 ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ގިނަ ސާޖަރީތަކެއް ވެސް ކުރި އެވެ. އަދި ރާއްޖެއިން ބޭރުގައި ވެސް ކުރި ސާޖަރީތަކަށް ފަހު، އަންނަ މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެކަމަށް އާއިލާގެ ފަރާތުން ވަނީ ހާމަކޮށްފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެކަމަށް މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރައްވައި ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ރިކޮމަންޑޭޝަންތަކަށް އަމަލު ކުރުމަށް ރާވާފައިވާ ގޮތް، އެނގިގެން ނޫން ގޮތަކަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން ރަނގަޅެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ނުހުރުހޭކަމަށް ބުނަން ޖެހުނީ، ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައި ހުރި ގޮތުންކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ވެސް ވަނީ ހަސަން ލަތީފްގެ އެ ޓްވީޓަށް ތާއީދު ކުރައްވައި، ސަރުކާރުން އެމްޑީޕީ މައްސަލައިގައި ދެކޭ ގޮތާއި މެދު ވިސްނާނެކަމުގެ އުންމީދު ކުރާކަމަށް ވިދާޅުވެފަ އެވެ.

50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގެ ތެރޭގައި ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި އަމަލު ކުރަންޖެހޭ ބައެއް އުސޫލުތަކައި، ތްރެޓް ލެވެލްއާއި އެއްވަރަށް ސެކިއުރިޓީ ހިފެހެއްޓުން އަދި އެމަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ގަވައިދުން ތަމްރީނުތައް ފޯރުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން ރައީސް ނަޝީދު ދިރިއުޅުއްވާ ގޭގެ ސަރަހައްދުގައި ހަތިޔާރާއި އެކު ފޯރި މެރުން ހިމަނާފައި ވެއެވެ.

ހަސަން ލަތީފްގެ ޓުވީޓު ރީޓްވީޓު ކުރައްވައި، 241 ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ރެކޮމަންޑޭޝަންތަކަށް ސަރުކާރުން އިޖާބަ ދޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ރައީސް ނަޝީދު ހުށަހެޅުމުން އެއަށް ވެސް އަމަލުކޮށްފައިނުވާއިރު، ރައީސް މުހައްމަދު ނަޝީދު ބޭރުގައި ބެހެއްޓެވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފުލުހުންނާއި ޕީޖީ ގުޅިގެން ބޭއްވި ޕްރެސްގައި ހާމަވެފައިވާ ގޮތުން އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން އެކިފަހަރު މަތީން މަސައްކަތްކޮށްފައި ވެއެވެ. އަދި ރައީސް ނަޝީދުގެ ތްރެޓް ލެވެލް މަތިވީ ނަމަވެސް، އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަމާއި، ލިބެމުން ދިޔަ އިންޒާރުތަކާއި އެކު ވެސް ސެކިއުރިޓީ ވަރުގަދަކޮށްފައި ނުވާކަން ވަނީ ހާމަވެފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން ރާއްޖެ ވަޑައިގެންނެވޭނެކަމުގެ އުންމީދާއި އެކު ރައީސް ނަޝީދު ހުންނެވި ނަމަވެސް، ހަމަލާގައި ކަކުލަށް ލިބުނު ޒަަހަމްތައް އަދިވެސް އެކީ ރަނގަޅު ނުވާތީ އާއިލާއިން ނިންމީ ރައީސް ނަޝީދު ސެޕްޓެމްބަރު މަހު ރާއްޖެ އައުމަށެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް އާއިލާއިން އަދި ހާމައެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: