ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންޓެއިނަރެެއްގެ މަތިން ވެއްޓި އެމްޕީއެލް މުވައްޒަފަކަށް އަނިޔާވެއްޖެ

އެމްޕީއެލްގެ މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންޓެއިނަރެއްގެ މަތިން ވެއްޓި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

އެމްޕީއެލް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ 9:30 ހާއިރު ކަމަށާއި ވެއްޓުނީ ކޮންޓެއިނަރ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށް ކަމަށެވެ. އޭނާ ވެއްޓި ކަނާއަތު އުޅަނބޮށި ހުޅުން ނެއްޓިިފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން ބުނީ އެ މުވައްޒަފު ވެއްޓުނީ ވެއްޓުނީ 10 ފޫޓު މަތިންކަމަށާއި އޭނާ 15 މިނެޓު ތެރޭގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ހާދިސާ ހިނގިއިރު މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް( ހެލްމެޓް،ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަކޮށްގެން ކަމުގައިވެސް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: