ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ސިޔާސީ ކަންކަމުގައި ނަޝީދާ ހިޔާލު ތަފާތުވުން އެބައޮތް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ބައެއް ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ ބައެއް ފަހަރު ހިޔާލު ތަފާތުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިއަދު ކުރިއަށް ގެންދިއަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ ވަރަށް އުދަނގޫ ކަމެއްކަން ފާއިތުވެދިޔަ ވެރިކަން ތަކުގައި ފެނިފައިވާނެކަމަށެވެ. ޚާއްސަކޮށް 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ފެނިގެން ގޮސްފައިވަނީ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމުން ދިމާވާ މައްސަލަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދު ވެރިކަން ކުރެއްވިއިރު އެ ސަރުކާރުން ކުރަން ބޭނުންވި ކަންކަމުގައި އެމަނިކުފާނުގެ ވިސްނުން ހުރި ގޮތް ހިއްސާކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް ހުރިހާ ފަހަރަކު ރައީސް ނަޝީދުގެ ސަރުކާރުގައި ކަންކަން ނިމިގެން ދިޔައީ އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ނޫން ކަމަށެވެ.

“އެކަމަކު އަޅުގަނޑު ގަބޫލުކުރަން އެމަނިކުފާނުވެސް ކަންކަން ނިންމަވާނީ ވަރަށް ބޮޑަށް ވިސްނަވައިގެން ކަން،” ރައީސް ވިދާޅުވި އެވެ.

އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ނިންމެވި ބައެއް ކަންކަމުގައި އެމަނިކުފާނާއި ހިޔާލުތަފާތުވުމުން ރައީސް ނަޝީދުގެ ހިޔާލުތަފާތުވުންތައް ވެސް މިވެރިކަމުގައި ނިންމަވާ ކަންކަމާ ގުޅިގެން ހުންނާނެ ކަން އެއީ ގަބޫލުކުރައްވަންޖެހޭ ހަގީގަތެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: