ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗާއެކު ނައިފަރުން ފަސް މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާ އެކު ނައިފަރުން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެގެ ވަގުތެއްގައި މި އޮޕަރޭޝަން ހިންގާފައިވަނީ މާލެއިން ފުރައިގެން ނައިފަރަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި މަސްތުވާތަކެތި އުފުލާ ކަމުގެ މައުލޫމާތު ލިބިގެންނެވެ.

ނައިފަރުގައި ހިންގި މި އޮޕަރޭޝަނުގައި 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި ފަސް މީހުން ހައްޔަރުކޮށް އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ފަސް ދަޅާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 68 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: