ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލަންދޫ މަގުތަކުގެ ޕޭވިން މަސައްކަތް ރަސްމީކޮށް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ޕޭވިންގ މަސައްކަތް، ރަސްމީކޮށް ފަށައިފި އެވެ.

މިލަންދޫ މަގުގެ ޕޭވިންގ މަސައްކަތް ފައްޓާފައި މިވަނީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޕޭވިންގ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކުއެވެ.

މިލަންދޫ މަގުހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފައިވަނީ 12 މާޗް 2021 ގަ އެވެ. އަދި 156.4 މިލިއަން ރުފިޔާގެ މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 705 ދުވަސް ތެރޭގަ އެވެ.

މި މަޝްރޫއުގެ ދަށުން 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އިރު، މިއީ ޑިޒައިން އެންޑް ބިލްޑު އުސޫލުން އާރުޑީސީއާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މިމަޝްރޫއުގެ ދަށުން 6.15 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: