ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޑީސީގެ އޮފީސް ފަޅާލި މިއީ ތިންވަނަ ފަހަރު: މޫކޭގެ ތުހުމަތު އިދިކޮޅަށް!

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، މޫސާ އަލި މަނިކު (މޫކޭ) / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީސް ފަޅާލައި ވައްކަން ކުރުން އާއްމުކަމަކަށް ހަދާފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ރޭވުމެއްގެ ދަށުންކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

އާރުޑީސީގެ ހުންނަ އިމާރާތުގެ ޓިނު ނަގައި، ސީލިން ހަލާކުކޮށްގެން ވައްކަން ކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓު ކިރި އެވެ. މިއީ ވޭތުވެ ދިޔަ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ކުންފިނީގެ އޮފީހުން ބަޔަކު ވައްކަން ކުރި ތިން ވަނަ ފަހަރެވެ.

މި މައްސަލައިގައި އަދި މިހާތަަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ހިއްސާ ކުރާ މައުލޫމާތާއި އާރުޑީސީން ދައްކާ ވާހަކައާއި ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން ވައްކަން ކުރި މީހާ ހައްޔަރުކޮށްފައިވާކަމަށާއި، އެ މައުލޫމާތު ފުލުހުން ހިއްސާ ކުރާނެކަމަށް އާރުޑީސީން ބުނި ނަމަވެސް ފުލުހުން ބުނީ އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ކުންފުނިން ވަނީ މީޑިއާތަކަށް މައުލޫމާތު ދީ، ވައްކަން ކުރި މީހާ ގެންދިޔަ ތަކެތި ބަލާ އައުމަށް ކުންފުންޏަށް އަންގާފައިވާކަމަށް ވެސް ބުނެފަ އެވެ.

މޫކޭ ރޭގެ ވަގުތެއްގައި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރިކޯޑު އޮންނަ މީހުން ބޭނުންކޮށްގެން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މީހުން ކަމަށެވެ. އާރުޑީސީގައި “ވަގުންނެއް” ނޫޅޭނެކަމަށާއި، ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރި މީހަކާއި އެ އޮފީހުގެ މުވައްޒަފަކާއި ގުޅުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން ސަރުކާރުގެ އެހެން ކުންފުނިތަކަށް ވެސް ގެއްލުންދޭން މަސައްކަތް ކުރާކަމުގެ ތުހުމަތުތައް މޫކޭ ކުރެއްވި އެވެ. އަދި ވިދާޅުވީ ޕާޓީގެ ބައެއް ލީޑަރުން އިސްވެ ތިބެ އެ އަމަލު ހިންގަނީ އިދިކޮޅުގައި ތިބޭ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ޒުވާނުން ބޭނުންކޮށްގެން ކަމަށެވެ.

ކައިރިކައިރީގައި އާރުޑީސީގެ އޮފީސް ފަޅާލައި ވައްކަން ކުރަތީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ބައެއް މެމްބަރުން ވެސް މޫކޭއަށް ފާޑުކިޔާފައި ވެއެވެ.

މޫކޭ ވިދާޅުވި ގޮތުގައި އާރުޑީސީ އޮފީހުން ފުރަތަމަ ބަޔަކު ވައްކަން ކުރުމުން އެއީ ވަގުންގެ މަސައްކަތެއް ކަމަށް ނޫން އިތުރު ތުހުމަތެއް އެ އޮފީހުން ނުކުރެއެވެ. ނަމަވެސް ފަހަކަށް އައިސް އެ އޮފީސް ފަޅާލާފަ ވަންނަ މީހުން އެއްޗެއް ގެންދަން މަސައްކަތް ކޮށްފައި ނުވާތީ އެ ހަރަކާތްތަކުގެ ފަހަތުގައި އެހެން ބަޔެއްގެ އަތެއްވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: