ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީއަކީ ކޮލިޓީ ހުރި ލީޑަރުން އުފައްދާފައިވާ ޕާޓީއެއް: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މައިދާނުގައި ކޮލިޓީ ހުރި ވަރުގަދަ ލީޑަރުން އުފައްދާ ޕާޓީއެއްކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދޮޅު އަހަރެއް ހާ ދުވަސް ވަންދެން މާލެއިން ބޭރުގައި އުޅުއްވުމަށްފަހު ގާސިމް މާލެ ވަޑައިގަތީ މި ހަފްތާގަ އެވެ. އަދި ގިނަ ދުވަސްތަކަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ގާސިމް ވަނީ ޖޭޕީގެ ކައުންސިލް ބައްދަލުވުންތައް ފެށި، ކުރިޔަށް އޮތް ތަނުގައި ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ޕްރޮގްރާމް ފެށިގެންދާނެކަމަށް ވިދާޅުވެފަ އެވެ. މާލެ ވަޑައިގެންނެވުމަށް ފަހު ޖޭޕީގެ ފުރަތަމަ ކައުންސިލް ބައްދަލުވުން ބޭއްވި ރޭ އެވެ. އަދި އެ ބައްދަލުވުމުގައި ގިނަ ކަންކަމަށް މަޝްވަރާ ކުރެވުނެވެ.

ކައުންސިލްގެ މަޝްވަރާތަކަށް ފަހު، މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުން ޖުމްހޫރީ ޕާޓީ، ސިޔާސީ މައިދާނުގައި ބަލައިގަންނަ ކަމަށެވެ. އެހެން ކަމުން ޕާޓީން ގައުމީ މަސްލަހަތު އިސްކޮށް އަބަދުވެސް މަސައްކަތް ކުރަމުންދާނީ، އަސާސީ ގަވައިދާއި އެއްގޮތަށްކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބަވާ، ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މޯލްޑިވްސް ނޭޝަނަލް ޕާޓީއަށް އިޝާރާތްކޮށް ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައި ކުރިޔަށް ދާން އެ ބޭފުޅުން ނިންމެވުމަކީ އެއީ ލިބުނު ނިކަމެތިކަމެއް ނޫން ކަމަށެވެ.

އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެހެން ޕާޓީތަކަށް ނުވަތަ އާ ޕާޓީއެއްގެ މަސައްކަތް ފެށުން އެއީ ލިބޭ އުފަލެއްގެ ގޮތުގައި ފާހަގަކޮށް ގާސިމް ވިދާޅުވީ، އެ ބޭފުޅުންކީ އެއީ ޖޭޕީން އުފައްދާފައި ތިބޭ މީހުން ކަމަށެވެ. އެ ތަރުބިއްޔަތާއި، އެ ޖޯޝާއި ފޯރި ކޮންމެ މީހަކަށް ވެސް އޮންނާނެކަމަށް ގާސިމް ވިދާޅުވި އެވެ.

“މިހާރު ބައްލަވާލައްވާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް އެ ހުންނެވީ މި ޕާޓީގެ އެއް ބޭފުޅެއް.. ދެން ހަމައެހެންމެ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެންމެ މަތީ މަގާމުތަކުގައި ރައީސް ޔާމީނަށް ކަމުދިޔަ ބަޔަކަށް ތިބީ އަޅުގަނޑުމެންގެ ޕާޓީން ނިކުމެގެން ދިޔަ މީހުން.. އެހެން ވީމަ އެބަ އިނގޭ ދެއްތޯ ގާސިމް އިބްރާހިމްގެ އަރިހުން ނުވަތަ ގާސިމްގެ އިންސްޓިޓިއުޓްތަކުން ނިކުންނަ މީހުންގެ ގައިގަ އެބަ ހުންނަކަން ކޮލިޓީއެއް” ގާސިމް

ގާސިމް ވިދާޅުވީ ޖޭޕީން އުފައްދަނީ ލީޑަރުން ކަމަށެވެ. އަދި އެ މީހުންނަކީ ކޮލިޓީއެއް ހުންނާނެ ބޭފުޅުންގެ ގޮތުގައި ވިދާޅުވި އެވެ. އެ މީހުންނަކީ އެއީ މީހުން ބޭނުންހާ ގޮތަކަށް “ފޮޅާލެވޭނެ” ބައެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކުރިޔަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮތީ ޖޭޕީގެ ތެރެއިންކަން އެއީ ދެބަސް ވެގެން ނެތް ހަގީގަތެއްކަން ފާހަގަކޮށް ގާސިމް ވިދާޅުވީ، އެކަން ދިވެހި ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާނެކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ވެސް އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، މިހާރު ވެސް ޕާޓީގައި ތިބި މެމްބަރުން އަލަށް އުފެއްދި ޕާޓީއަށް ދިއުމަށް ކުރާ މަސައްކަތް ކަމަށެވެ. ނުވަތަ އެ ޕާޓީއަށް މެމްބަރުން ގެންދަން ކުރާ މަސައްކަތެވެ. ގާސިމް ވިދާޅުވީ، އޭނާ އެކަމަށް މާ ބޮޑު ސަމާލުކަމެއް ދެއްވަން ބޭނުން ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: