ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުން އޯޓިޒަމް އެސޯސިއޭޝަނަށް ހަ ލައްކަ ރުފިޔާގެ ސާމާނު ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނު ސަރުކާރުން، އޯޓިޒަމް އެސޯސިއޭޝަނަށް ހަ ލައްކަ ރުފިޔާގެ ސާމާނު ހަދިޔާކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސާމާނު ހަދިޔާ ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ. މިއީ ޖަޕާނުގެ ސަފީރާއި އޯޓިޒަމް އެސޯސިއޭޝަންގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޑރ. އިސްމާއިލް ޝަފީއުއާ ދެ ބޭފުޅުން ޑިސެމްބަރު 12، 2019 ގައި ސޮއިކުރައްވާފައިވާ އެއްބަސްވުމުގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.

ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ބުނީ އެ ގައުމުގެ ފަރާތުން ހަދިޔާކުރީ ވިޝަން ސްކްރީނަކާއި ހިއަރިން ސްކްރީނަރ އެއް ކަމަށެވެ. މި ތަކެއްޗަކީ 41،133 ޑޮލަރު (634،270 ރުފިޔާ) ގެ އަގުހުރި ތަކެތި ކަމަށް އެމްބަސީން ބުނެއެވެ.

އެގޮތުން މިއަދު ހަދިޔާކުރި ސާމާނުގެ އެހީގައި އިވުމާއި ފެނުމުގެ މައްސަލަތައް އަވަހަށް ދެނެގަނެވޭނެއެވެ. އަދި އުމުރުން ހަ މަހުން މަތީގެ ކުދިންނަށް ލޮލުގެ ސްކްރީނިން ކުރިއަށް ގެންދެވޭއިރު އިވުމުގެ މައްސަލައެއް ހުރިތޯ އެންމެ ކުޑައިރުން ފެށިގެން ވެސް ބެލެނޭއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: