ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިހާނަށް 13 ދައުވާއެއް، ސާބިތުވެއްޖެ ނަމަ 100 އަހަަރަށް ޖަލަަށް!

ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާން—
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލާ ފޮއްޓަކަށްލުމަށްފަހު މޫދަށް އެއްލާލި މައްސަލައިގައި ހައްޔަރު ކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންގެ މައްޗަށް 13 ދައުވާއެއް އުފުލައިފިއެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް ޒިހާންގެ މައްޗަށް އަންނާނެ ކަމަށެވެ.

މި މައްސަލައިގައި ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މެރުން، ޖިންސީ ނިޔަތެއް އޮވެގެން އަތް ލުމުގެ ފަސް ދައުވާ، މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުން، ގްރޫމްކުރުން، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުން އަދި އިތުރު ދައުވާތަކެއްވެސް ހިމެނެއެވެ. ދެން ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ގަސްތުގައި މީހަކު މެރުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ދައުވާ އުފުލާފައިވެއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލައިގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ އެހެން ތުހުމަތުތަކެއް ވެސް އޭނާއަށް ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އޮތް ގޮތުން އެކަމުގެ އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށް ޕީޖީ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: