ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޠާލިބާނުން ރާއްޖެއަށް ހަމަލާދޭން ބޭނުންވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއާގެ ދެކުނުގެ ގައުމުތަކަށްވެސް ހަމަލާދޭން ޠާލިބާނުން ބޭނުންވާނެ ކަމަށާއި މީގެތެރޭގައި ރާއްޖެ ވެސް ހިމެނޭކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޓީވީޗެނަލްއެއް ކަމަށްވާ “ޓައިމްސް ނައު” އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ތާލިބާނުންނަށް މިހާރު އެކަން ކުރުމަށް މަގު ފަހު ވެގެންދާނެކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގެ ސަރުކާރު ވެއްޓި ވެރިކަމަށް ތާލިބާނުން އައުމާއި ގުޅިގެން، މިފަދައިން ގައުމުތައް ހިޞާރުކޮށް ހަމަލާދިނުމަށް މީހުން ތަމްރީނު ކުރުމުގެ މަގު ފަހިވެގެންދާނެކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިފަދައިން ކަންތައްތައް ދިއުމުން ހަރުކަށި ފިކުރު ގެންގުޅޭ މީހުންނަށް އެމީހުން ބޭނުންވާ ޓްރެއިނިންގ ހޯދުމަށް ތަނެއް ލިބިގެންދާނެކަމަށެވެ. އަދި މިފަދައިން ކަންކަން ކުރުމުގައި އަފްޣާނިސްތާނުން އަޑީގައި ތިބެގެން އެފަދަ މީހުން ލައްވައި ދިވެހި ރާއްޖެ ހިމެނޭހެން އަވަށްޓެރި ހުރިހާ ގައުމަކަށް އަމާޒުވާހެން ހަމަލާތައް ދޭން ފަށައިފާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަމައެހެންމެ އަފްޣާނިސްތާނުގެ ހާލަތު އެހާހިސާބަށް ގޮސް އެގައުމުގެ ސަރުކާރު ވެއްޓުމަށް ދިމާވި އެންމެ ބޮޑު އެއްކަމަކަށްވީ، އެގައުމުގެ ސިޔާސީ ޕާޓީތަކުގެ ދައުރު ފުޅާ ނުވުމުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައިވެސް ހަރުކަށި ފިކުރުގެ މީހުން ގިނަވެފައިވާ ހާލަތެއްގައި މިފަދަ ކަމެއް ވުމަކީ ގައުމީ ނުރައްކަލެއް ކަމުގައި ވެދާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ތާލިބާނުންގެ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުގެ ކުރިން އެކަމުގެ ތެރޭގައިވާ ނުރައްކަލަށް ވިސްނަން ޖެހޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: