ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް އިންޒާރުދިން މީހާ ކޯޓުގެ ހުރުމަތް ކެނޑުމުން ޖަލަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މީހާ ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރ. މީދޫ އިންނެވެ.

އޭނާގެ ބަންދު މުއްދަތު ޖެހުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ ކުރި އަމަލެއްގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑީކަމަށް ނިންމާ 15 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި އޭނާގެ ބަންދަށްވެސް އިތުރު 15 ދުވަސް ދީފައިވެއެވެ.

ފޭސްބުކްގައި “އިސްމާއިލް ޔާސިފް” ނަމަކަށް ކިޔާ އެކައުންޓަކުން މި މީހާ ރައީސް ނަޝީދަށް އިންޒާރު ދީފައިވާއިރު، އޭނާ ރައީސް ނަޝީދަށް އިންޒާރު ދެމުން ބުނީ އަނބުރާ ރާއްޖެ ވަޑައިގެންފިނަމަ، “އަބޫޖަހުލަށް ހަދާލި ގޮތް” ހަދާލާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: