ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއަހަރުތެރޭ ނިންމާގޮތަށް ތިލަމާލެ ބްރިޖް މަޝްރޫއުގައި މާދަމާ ސޮއިކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ވިލިމާލެ ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖް މަސައްކަތުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާ ހިލޭ އެހީ އަދި ލައިން އޮފް ކްރެޑިޓްގެ ދަށުން ހަދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްޕީސީ) އެގްރީމެންޓް ގައި ދިވެހި ސަރުކާރުން ސޮއިކުރަނީ އިންޑިއާގެ އެފްކޮންސް ކޮމްޕެނީއާ އެކުގައެވެ.

ދިވެހި ސަރުކާރާއި އެފަކޮންސް ކޮމްޕެނީއާއި ދެމެދު މާދަމާ ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުުނު 11:00 ގައެވެ.

ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެވިގެންދާއިރު، 100 މިލިޔަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓަށް ވެގެންދާނެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ، މި ޕްރޮޖެޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ހުށަހެޅުއްވި ޕޮރޮޖެކްޓެއް ކަމަށެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 43%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: