ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާސްތާ ކެއުމަށް ލޯބިކުރާފަރާތްތަކަށް، ތުރުކީގެ މަޝްހޫރު ބެސްލަރ ޕާސްތާ!

ތުރުކީގެ މަޝްހޫރު ބެސްލަރ ޕާސްތާ ރާއްޖެއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރެޑް ވޭވްއިން ތުރުކީގެ މަޝްހޫރު ބެސްލަރ ޕާސްތާ ރާއްޖެއަށް އެތެރެކޮށް ވިއްކަން ފަށައިފި އެވެ.

1960 ވަނަ އަހަރު އުފެދިގެން އައި ބެސްލަރ ކުންފުންޏަކީ ތުރުކީގައި ފާހަގަކޮށްލެވޭ، ވަރަށް ވަރުގަދަ ކުންފުންޏެކެވެ. އެސޯސިއޭޝަން އޮފް ޕްރޮޓެކްޝަން އޮފް އޯލް ކޮންޒިއުމާސްގެ “ގޯލްޑެން ބްރޭންޑް” އެވޯޑް އަދި ތުރުކީގެ ފުޑް އެންޑް އިންޑަސްޓްރީ އެމްޕްލޮޔަރސް ޔޫނިއަންގެ އެންމެ ކާމިޔާބު ކުންފުނީގެ އެވޯޑް ބެސްލަރއަށް ލިބިފައިވާކަމީ މިކަމުގެ ހެއްކެކެވެ.

މި ޕްރޮޑަކްޓު ރާއްޖެއަށް ތައާރަފް ކުރީ ރެޑްވޭވްއިންނެވެ.

ބެސްލަރ ކުންފުނީގެ ދަށުން އެކި ބްރޭންޑްތައް އެފެދިގެން އައިއިރު، ބެސްލަރ އަކީ މި ކުންފުނީގެ މައިގަނޑު ބްރޭންޑެވެ. މި ބްރޭންޑްގެ 5 ބާވަތެއްގެ ޕާސްތާ މިހާރު ރެޑްވޭވްއިން ލިބެންހުރި އިރު، 500 ގްރާމް މިޕެކެޓް ރީޓެއިލްކޮށް ވިއްކަމުނދަނީ 11 ރުފިޔާއަށެވެ. އެގޮތުން 100 އިންސައްތަ ވީޓްއިން އުފައްދާފައިވާ މި ޕާސްތާގެ އެލްބޯ، ފުސިލީ، ޕެންނޭ، ޝެލްސް އަދި ސްޕެގެޓީ ޕާސްތާ ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުންވެސް ބެސްލަރ ކުންފުނީގެ ބްރޭންޑެއް ކަމަށްވާ ސަންޓާ ސޯފިއާ ބްރޭންޑުގެ ޕާސްތާއިން ލަޒާނިއާ ޝީޓް އަދި ޓްރައިކަލާރ ޕާސްތާ އެހާމެ ހެޔޮއަގުގައި ރެޑްވޭވްއިން ލިބިވަޑައިގަންނަވާނެ އެވެ.

ޕާސްތާއަކީ ބަތަށްވުރެ ގިނައިން ޕްރޮޓީންއާއި ފައިބާރ ލިއްބައިދޭ، ގިނަ ދިވެހިންނަށް ކަމުދާ އާންމުކޮށް ކެއުމުގައި އެކުލެވޭ އެއްޗަކަށްވެފައި މިވާ ދަނޑިވަޅުގައި، ރެޑްވޭވް މި ތައާރަފްކޮށްދީފައި ވަނީ ފެންވަރު ރަނގަޅު އަދި އެހާމެ އަގުހެޔޮ ބްރޭންޑެއްކަމުގައި އެ ކުންފުނިން މައުލޫމާތު ދެއެވެ. އެގޮތުން ޕާސްތާއަށް ލޯބިކުރާ ފަރާތްތަކަށް ބެސްލަރ ބްރޭންޑަކީ ޔަގީނުންވެސް އެންމެ ރަނގަޅު އެއް ބްރޭންޑަށްވާނެ ކަމަށް ކުންފުނިން ދެކެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: