ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޑްވޭވުން ވަރަށް ހެޔޮ އަގުތަކެއްގައި ހައިސެންސް އޭސީ ޕްރީއޯޑަރަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރެޑްވޭވުން ވިއްކާ ހައިސެންސް އޭސީ ޕްރީ އޯޑަރ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައިސެންސް އޭސީ އަކީ ކަރަންޓު ޚަރަދު ކުޑަ އިންވާޓަރ ޓެކްނޮލޮޖީ އޭގައި ހިމެނޭ، އަދި އެނާރޖީ ސޭވިންގް އާރް-32 ގޭސް ބޭނުންކުރާގޮތަށް އުފައްދާފައިވާ މޮޅު އޭސީއެކެވެ.

ރެޑްވޭވުން ބުނީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް އުފައްދާފައިވާ ހައިސެންސް އޭސީ ޕްރީ އޯޑަރ ކުރެއްވުމުން އާންމު ކޮށްވިއްކަމުންދާ އަގުތަކަށްވުރެ ހެޔޮކޮށް ލިބިގެންދާނެ ކަމަށެވެ.

މިއޭސީއާއެކު ހިލޭ އިންސްޓޮލޭޝަން ކިޓް ލިބޭނެކަމަށާއި އަދި އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބިގެންދާނެކަމަށް ރެޑްވޭވުން މައުލޫމާތު ދެއެވެ. 10،000 އާ 12،000 އަދި 18،000 ބީޓީޔޫގެ އޭސީ ޕްރީ އޯޑަރަށް ހުޅުވާލެވިފައިވާއިރު، މި ތަކެތި ކަސްޓަމަރުންނާ ހަމައަށް ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފްތާތެރޭގައި ލިބިގެންދާނެ ކަމުގައި ރެޑްވޭވުން މައުލޫމާތުދެއެވެ.

ހައިސެންސް އޭސީގެ އިތުރުން އެލްޖީ މެޝިންގެ 4 މޮޑެލްއެއް ޕްރީ އޯޑަރ އަދި ޝާރޕް ރެފްރިޖެރޭޓަރވެސް ވަނީ ޕްރީއޯޑަރ އަށް ހުޅުވާލެވިފައެވެ. އަދި މި އައިޓަމްތައް އޮގަސްޓު މަހުގެ ފަހުކޮޅު ލިބިގެންދާއިރު މިއީ މިތަކެތި ބައްލަވައިގަންނަވަންތިއްބެވި ކަސްޓަމަރުންނަށް އޮތް ރަނުގެ ފުރުސަތެއް ކަމުގައި ރެޑްވޭވުން މައުލޫމާތުދެއެވެ.

ޕްރީ އޯޑަރ ކުރެއްވުމަށް ރެޑްވޭވްގެ ވެބްސައިޓް މެދުވެރިކޮށް އެ ފުރުސަތު ފަހިކޮށްދެވިފައެވެ. މީގެ އިތުރުންވެސް ރެޑްވޭވް މެގަމޯލް، ޕެވިލިއަން، ހޯލްސޭލް އަދި ރެޑްވޭވް ލިވިންގ އިން އޯޑަރތައް ބަލައިގަންނާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: