ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫއިން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެކި މައްސަލަތަކާއި ގުޅިގެން ހދ. ހަނިމާދޫގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތައިލައިފިއެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ނައްތާލާފައިވާ މި ތަކެތި ނައްތާލާފައިވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.

މިގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 425 ފުޅި ބަނގުރަލާއި 13 ދަޅު ބަނގުރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މީގެ ތެރޭގައި އެންމެ ގިނައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ހަނިމާދޫ އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން އަތުލެވޭ ތަކެތި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިތަކެތި ނައްތައިލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ބަނގުރަލާއި މަސްތުވުމަށް ބޭނުންކުރެވޭ ތަކެތީގެ މައްސަލަތައް ވަނީ އާންމުވެފައެވެ. މިގޮތުން ގިނަ އަދަދެއްގެ މަސްތުވާތަކެތިި ރާއްޖެ އެތެރެކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު، އެކި މައްސަލަތަކާއި ގުޅިގެން ކަސްޓަމްސް އާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެތ،ި އެތަކެތި ނައްތާލާ ގާނޫނުގެ ދަށުން އެއިދާރާތަކުން ދަނީ ނައްތާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: