ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރަށް އެރި ބޯޓަށް ފުރުމުގެ ހުއްދަލިބޭނީ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމުން

އިންޖީނު ހުއްޓިގެން ރަސްފަރި ފަރަށް އެރީ 600 ފޫޓުގެ ބޮޑު އާގު ބޯޓެއް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ބުރާސްފަތި ދުވަހު ކ. ރަސްފަރީ ފަރަށް އެރި ޕެނަމާގެ އާގު ބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ލިބޭނީ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމުންކަމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

ފަރަށް އަރާފައި ވަނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 190 މީޓަރުގެ “ނެވިއޮސް އަމަރީލިސް” ނަމަކަށް ކިޔާ ބޯޓެކެވެ. މި މަހުގެ 17 ގައި އެ ބޯޓް ފަރަށް އެރާފައިވަނީ އިންޑިއާގެ ޓުޓުކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ.

ބޯޓު ފަރަށް އެރިކަމަށް ބެލެވެނީ އިންޖީނަށް ދިމާވި މައްސަލައެއްގައި، އެ ނިވާލުމުން ބޯޓު ޑްރިފްޓު ވެގެންނެވެ. އަދި އެކަމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ބޯޓު ޑްރިފްޓު ވުމުން ބޯޓުގެ ކެޕްޓަން އެކަން ރިޕޯޓުކޮށް ވަގުތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ވެސް އަޅާފައި ނުވާ ކަމަށެވެ.

ބޯޓު އަރާފައި ވަނީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު ޑްރިފްޓު ވެގެން ގޮސްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އޮތްކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، މިހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ކުރިން އެ ބޯޓަށް ފުރުމުގެ ހުއްދަ އޮތީ އެއަދަދަށް ޑިޕޮސިޓް ދައްކައިގެން ކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ރަސްފަރީ ފަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ހޯދުމަށް ފަހުގައި، ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދެއް ކަނޑައެޅޭނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިގޮތުން ލިބުނީ ކިހައި ވަރެއްގެ ގެއްލުމެއްކަން މިހާރު ދަނީ ބަލަމުން ކަމަށް އޭނާ ބުނެއެވެ.

ޑިޕޮސިޓަށް 100 މިލިއަން ދައްކަން ޖެހުނު ނަމަވެސް، ފަރަށް ލިބުނު ގެއްލުމަށް އަގު ކިޔާއިރު، އެއަދަދު 100 މިލިއަނަށް ވުރެ މަދުވާނަމަ، އިތުރުވާ ފައިސާ އަނބުރާ ރައްދުކުރެވޭނެކަަމަށްވެސް ނައީމް ވިދާޅުވިއެވެ. މިކަމަށް ހާއްސަ ކުރެވިފައިވާ ގާނޫނާއި އެއްގޮތްވާ ގޮތުންނަމަ، ތިމާވެއްޓަށް ލިބޭ ގެއްލުމަށް ޖޫރިމަނާކުރުމުގައި އެންމެ ބޮޑު އަދަދަކަށް ޖޫރިމަނާ ކުރެވެނީ 100 މިލިއަން ރުފިޔާ ދައްކައިގެންނެވެ.

މިފަދައިން މީގެ ކުރިންވެސް ދިމާވި ހާދިސާތަކަށް ސަރުކާރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި މި އާގު ބޯޓު ފަރަށް އަރައިފައިވަނީ އިންޖީން ހުއްޓުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: