ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ލިވިން އެކްސްޕޯގެ ޕާޓްނަރަކަށް އެޗްޑީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މޯލްޑިވްސް ލިވިން އެކްސްޕޯގެ ޕާޓްނަރެއްގެ ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ހައިރައިޒްގެ ފަރާތުން ސޮއެކުރީ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން، މަރިޔަމް މާއިޝާއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާތިފެވެ.

ހައިރައިޒްއިން ބުނީ މިއަހަރުގެ ލިވިން އެކްސްޕޯގައި ކޯވިޑް-19ގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއެކުގައިވެސް އާ ޢާއްމު ޙާލަތުގައި ގެދޮރުވެރިކަމާއި ގެދޮރުވެރިކަމާ ގުޅުންހުރި ދިރިއުޅުމަށްބޭނުންވާ ތަފާތު އެކި މައުލޫމާތު ފޯރުކޮށްދޭނެކަމަށެވެ.

މިއީ ލިވިން އެކްސްޕޯ ބާއްވާ 9ވަނަ އަހަރެވެ. މިއަހަރުގެ އެކްސްޕޯ އޮންނާނީ ނޮވެމްބަރ މަހުގެ 18އިން 20އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ އެކްސްޕޯގައި އެކްސްޕޯގެ ޕާޓްނަރުންނާއި، ސްޕޮންސަރުންގެ އެއްބާރުލުމާއެކު އެންމެ އަގުބޮޑު އިމާރަތްތަކުން ފެށިގެން އަގު ހެޔޮ އިމާރަތްތަކާއި ދިރިއުޅުމަށް ބޭނުންވާ ތަފާތު އެކި ތަކެއްޗާއި ހިދުމަތްތައް އެއްތަނަކުން ދައްކާލެވިގެންދާނެކަމަށް ހައިރައިޒްއިން ބުނެއެވެ.

ލިވިން އެކްސްޕޯ އެންމެ ފުރަތަމަ ބޭއްވީ 2013ވަނަ އަހަރުއެވެ. ލިވިން އެކްސްޕޯގައި ޢާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެކަމަށް ހައިރައިޒްއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: