ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރާއި އެކު ލާދީނީ ފިކުރު ވެސް ނައްތާލަން ޖެހޭ: ޑރ. ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރާއި، އެއްވަރަށް ރާއްޖޭގައި ފެތުރެމުން ދާ ލާދީނީ ފިކުރަށް ވެސް ސަމާލުކަން ދޭންޖެހޭކަމަށް އިދިކޮޅުގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާކަމަށް ބުނެ، އެފަދަ މީހުން ހައްޔަރު ކުރުމަށް ދާދި ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގޮވާލި އެވެ. އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ އަޑީގައި ތިބީ ހަރުކަށި ފިކުރުގެ މީހުންކަމަށް ފުލުހުން ބުނާއިރު، މިއީ ދައުލަތް ކުފުރު ކުރާ އަމިއްލަ ޖާނުން ފިދާވެގެން ވިޔަސް އަނެކާއަށް ގެއްލުމެއް ދޭން ފަސް ނުޖެހޭނެ ފަދަ މީހުންނެވެ.

ހަރުކަށި ފިކުރުގެ މައުޟޫ ވަރަށް ބޮޑަށް އޮޅުވާލައި، އެކި ގޮތް ގޮތުން ދައްކާ ވާހަކަތަކަށް އަބަދުވެސް ފާޑުކިއުން އަމާޒުވެ އެވެ. އަދި މި ފިކުރު ވަރަށް ބޮޑަށް ފެތުރިފައި އޮތް ނަމަވެސް، އެ ވިސްނުން ފަތުރަން އުޅޭ މީހުންނާއި މެދު އެޅުނު ފިޔަވަޅެއް މިހާތަނަށް ނެތެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ފާހަގަ ކުރެވިގެންދާނީ މި މައްސަލައިގައި އެންމެ ބޮޑަށް އަޑުއުފުލާ ޕާޓީ އަށެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމާއި ގުޅުވައި ދައްކަވާ ވާހަކަތަކާއި، އަދި ޒުވާނުންގެ މެދުގައި ހަރުކަށި ފިކުރު ފަތުރަނީ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި ކިޔަވައިދޭ ލެކްޗަރާއިންކަމުގެ ތުހުމަތުކޮށްފައި ވެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، މުޖްތަމައުގެ ތެރޭގައި ލާދީނީ ނުވަތަ ސެކިއުލާ ފިކުރަށް ވެސް ޖާގައެއް އޮވެގެން ނުވާނެ ކަމަށެވެ. ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި މުހާތަބު ކުރާއިރު، މި ގައުމުގައި ސެކިއުލާ ވިސްނުމެއް ނުގެންގުޅެވޭނެ ކަމަށެވެ.

ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި މެދު ހިނގާ ހަނގުރާމަތަކަކީ ގިނަ ގައުމުތަކެއްގައި މިވަގުތު ކުރާ ހަނގުރާމައެއްކަން ފާހަގަކޮށް ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މި މައްސަލައަށް މިހާތަނަށް ހެދުނު ރަނގަޅު އިލްމީ ދިރާސާއެއް ވެސް ނެތް ކަމަށެވެ. އަދި މިއީ ވަކި ދީނަކާއި ގުޅިފައިވާ މައްސަލައެއް ވެސް ނޫންކަމަށް ވިދާޅުވި އެވެ. މީގެ ތެރޭގައި ހިމެނެނީ ދީނީ ގޮތުން ހަރުކަށި ވާ މީހުންނާއި، ފިކުރީ ގޮތުން ހަރުކަށި ވާ މީހުން ކަމަށެވެ. އެހެން ކަމުން މިއީ ފިކުރީކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

ހަރުކަށި ފިކުރު މާނަ ކުރުމުގައި ގެންގުޅޭ ވިސްނުމާއި މެދު ކަންބޮޑުވުންފާޅުކޮށް ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ބައެއް މީހުން ތުނބުޅި ދިގުކޮށް އިސްލާމް ދީނުގެ އަސާސްތަކާއި އެއްގޮތަށް އުޅޭ މީހާއަކީ ވެސް ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގައި ލޭބަލް ކުރާ ކަމަށެވެ.

މީގެ އިތުރުން މީހާ ދައްކާ ވާހަކައަކުން އޭނާއަކީ ލާދީނީ މީހެއްގެ ގޮތުގައި ވެސް ލޭބަލް ނުކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. މި ކަންކަން ހައްލު ކުރުމަށް ރާއްޖޭގެ މުވައްސަސާތަކުން ކުރަންޖެހޭ މަސައްކަތުގެ ދައުރު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: