ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ކުރީ ނުހައްގު ހުކުމެއް، ސަރުކާރު ފަލީހަތް ވެއްޖެ: އިދިކޮޅު

އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމަކީ ނުހައްގުން ކޮށްފައިވާ ހުކުމެއްކަން ރައްޔިތުންނަށް ހާމަވެ ސަރުކާރު ފަޟީހަތް ވެއްޖެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޣައިރުގާނޫނީ ހުކުމެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުންނާއި ގިނަ ރައްޔިތުން އައީ ގަބޫލު ކުރަމުން ކަމަށެވެ. އެގޮތަށް އެކަން އޮއްވައި އެމައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ވަނީ އެ ހުކުމަކީ ގަދަބާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއް ކަމަށް މިހާރު ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯތަކުން ކަށަވަރު ވެއްޖެ ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ކަމުން އެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައި އަޅައި ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

ރައީސް ޔާމީނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިޑަވައިގެންފައިވާ ގެއްލުމާއި، ޕީޕީއެމްގެ ލީޑަރެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމަށް ލިބިދެއްވައިފައިވާ އެންމެހާ ހައްގުތައް ވެސް ވަނީ ފޭރިގެންފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެން ކަމުން އެމަނިކުފާނަށް ލިބިޑައިގެންފައިވާ ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުލަތުގެ ކަމާބެހޭ މުއައްސަސާއަށް ހުށަހެޅުމަށް ވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.

މިހާރު ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ގެންވަނީ ބައްލަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: