ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަންކޮށް ގެއްލުމުގެ ބަދަލު ހޯދަން ގަރާރެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުގެ ފަރާތުން އެ ދެ ޕާޓީގެ ޖޮއިންޓު ކައުންސިލަށް ހުށަހަޅައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރޝިޕްގެ ފަރާތުން މި ގަރާރު ކައުންސިލަށް ހުށަހެޅުއްވީ ޕާޓީގެ ސެކެޓްރީ ޖެނެރަލް ތޮލާލްއެވެ.

ގަރާރުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ގައިރު ގާނޫނީ ހުކުމެއް ކަމަށް އެ ކޯލިޝަނާއި ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުން ދަނިކޮށް މިއަދު އާންމުވެފައިވާ އޯޑިއޯތަކުން އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކ އެ ހުކުމަކީ ގަދަބާރުން އެ ފަނޑިޔާރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވާ ރަހީނުކޮށްގެން އަދި އޮޅުވާލައިގެން ކުރެވިފައިވާ ހަމަ ހަގީގަތުގައިވެސް ނުހައްގު ހުކުމެއް ކަމަށް އެ ފަނޑިޔާރުންވެސް ގަބޫލު ކުރާކަން މިއަދު ވަނީ ރައްޔިތުންނަށް ހާމަވެ ސަރުކާރު ފަލީހަތްވެފައި ކަމަށެވެ. އެހެން ކަމުން އެ ހުކުމަކީ ގައިރު ގާނޫނީ ހުކުމެއްކަން ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުން ބުނަމުން ދާތީ އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައެޅުމާއެކު މިހާރުން މިހާރަށް ރައީސް ޔާމީން އެއްވެސް ޝަރުތަކާއިނުލާ މިނިވަން ކުރުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން މި ގަރާރަށް އިތުރު އިސްލާހެއް ވަނީ ހުށައަޅާފައެވެ. އެއީ ރައީސް ޔާމީނަށް ނަފްސާނީ ގޮތުން ލިބިވަޑައިގެންފައިވާ ގެއްލުންތަކަށާއި އަދި އިދިކޮޅު ލީޑަރުގެ ޒިންމާ އަދާކުރެއްވުމުގައި ކުރިމަތިކުރުވި ހުރަސްތަކާއި ގުޅިގެން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލުމަށެވެ. މި އިސްލާހާއެކު ގަރާރު ފާސްކުރީ ބައްދަލްވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: