ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރޭޑް އެކެއްގެ ދަރިވަރުންނަށް ދީފައިވާ ފޮތުގައި ޤުރުއާނުގެ ސޫރަތެއް ނުބައިކޮށް!

ސަންގުއަށް ބެލެނިވެރިއަކު ފޮނުވާފައިވާ ފޮޓޮއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ގްރޭޑު އެކެއްގެ ދަރިވަރުންނަށް ދޫކޮށްފައިވާ އިސްލާމް ފޮތުގައި ގުރުއާނުގެ ސޫރަތެއް އާޔަތްތައް އޮޅުވާލައި ނުބައިކޮށް ލިޔެވިފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގްރޭޑު އެކެއްގެ ދަރިވަރުންގެ އިސްލާމް ފޮތުގެ 64 ވަނަ ސަފްހާގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް ވަނީ އެއްވެފަ އެވެ. އެ ސޮފުހާގައި އަންނަނީ ނާޒިޢާތު ސޫރަތުގެ 08 ވަނަ އާޔަތުން 14 ވަނަ އާޔަތާ ހަމައަށެވެ.

މި މައްސަލައިގައި ތަކުރާރުކޮށް އެޑިކޭޝަނާއި ސުވާލު ކުރުމުން، މިނިސްޓްރީގެ މީީޑިއާ ޑިޕާޓެމްނެޓުން އެއްވެސް ޖަވާބެއް ނުދިނެވެ. އަދި ނޫސްވެރިން ވެސް ވަނީ މިއީ ސީރިއަސް މައްސަލައެއްކަން ފާހަގަކޮށް، މިކަން ބަލަމުންދޭތޯ ސުވާލުކޮށްފަ އެވެ. ދަރިވަރުންނަށް ފޮތް ދޫކުރާއިރު، މިނިސްޓްރީން އެއްވެސް މިންވަރަކަށް ފޮތުގައި ވާ މައުލޫމާތުތަކާއި، އެއްވެސް ކުށެއް އޮތްތޯ ނުބަލަނީ ތޯ ވެސް ބައެއް ނޫސްވެރިން ސުވާލު އުފެއްދި އެވެ.

“ސަންގު” އިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނަށް ވެސް ފޮތުގެ ފޮޓޯތައް ފޮނުވައި، މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދޭން އެދިފައެވެ. އަދި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒުގެ ސަމާލުކަމަށް ވެސް މިކަން ގެނެސްފަ އެވެ.

ސްކޫލުތަކުގެ އިސްލާމް ފޮތްތަކަކީ އިސްލާމިކް މިނިސްޓްރީން އެޕްރޫވް ކުރާ ފޮތްތަކެކެވެ. މި މައްސަލައިގައި އެ މިނިސްޓްރީގެ ވެސް ބަހެއް ލިބޭ ގޮތް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ގުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރުމުން ކަންބޮޑުވުންފަޅުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ އެފަދަ ކުށެއް ގްރޭޑް އެކެއްގެ ފޮތުގައި އޮތްކަން ފާހަގަވެ އެކަން ސްކޫލަށް ރިޕޯޓު ކުރީ ދަރިވަރެއްގެ ފަރާތުން ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތައް ތަކުރާރުވާން ފެށުމުން މީޑިއާ ގްރޫޕަށް ފޮނުވި ބަޔާނެއްގައި އެޑިއުކޭޝަނުން ބުނީ ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައި ދެ ސޫރަތެއް އެކުވެފައިވާކަން ސަމާލުކަމަށް އައި ހިސާބުން އެކަން ހައްލުކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެންއައިއީ) އިން މަސައްކަތް ފެށި ކަމަށެވެ. އެގޮތުން މައްސަލަ ދިމާވި ސޮފުހާތައް ރަނގަޅު ކުރަން އަމަލުކުރާނެ ގޮތް ސްކޫލްތަކާއި ހިއްސާކުރާނެ ކަމަށާއި، ބެލެނިވެރިންނަށް އެ މައުލޫމާތު ދޭނީ ސްކޫލުން ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ފޮތްތަކަކީ އެންއައިއީ އާއި އިސްލާމިކް އެފެއާޒް އިން ބަލާފައިވާ ފޮތްތަކެއްކަން ފާހަގަކޮށް އެ ވުޒާރާ އިން ވަނީ އެ ފަދަ މައްސަލަ އެއް ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ފަށާފައިވާކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: