ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރު، ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރަކީ ވޭންގް ލީޝިންއެވެ.

ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ ޗައިނާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ، އާ ސަފީރުގެ ސަފީރުކަމުގައި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެކަން ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައިސް ސޯލިހް ވަނީ ކޮވިޑް-19 ގެ ހާލަތުގައި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކޮށް އެކަމަށްވެސް ޝުކުރުއަދާކުރައްވާފައެވެ.

ޗައިނާއިން ކަނޑައަޅާފައިވާ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް އިތުރައް މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމުގައި ރައިސް ސޯލިހް ގެންގުޅުއްވި ސިޔާސަތު ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: