ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުން ބާރުވެރި ކުރުވުމުގައި ގެނެވުނީ އިންގިލާބީ ބަދަލުތަކެއް: މިނިސްޓަރ

ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ޖެންޑާރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކޮށް، ކުރިއަރަމުން އަންނަ އަންހެނުންނަށް ހާއްސަކޮށް އެ މީހުންގެ އަގުވަޒަންކޮށް ދޭ “ރެހެންދި އެވޯޑު” ގެ ރަސްމިއްޔާތު ރޭ ވަނީ ބާއްވާފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކަށް ވީ މިންތީގެ ހަމަހަކަން ގާއިމް ކުރުން ކަމަށެވެ. ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް ތަފްސީލުކޮށް ލިޔެ ދާއިރާތަކުގައި “ޑިިޒިޝަން މޭކިލް ލެވެލް” ނުވަތަ ގޮތް ނިންމާ ފެންވަރުގައި އަންހެނުންނަށް ފުރުސަތުތައް ފަހި ކުރުން ހިމަނާފައި ވެއެވެ. އެކަމަށް އިޝާރާތްކޮށް މިނިސްޓަރު އައިޝަތު ވިދާޅުވީ، މިއަދު ކޮންމެ ދާއިރާއަކަށް ބެލިއަސް އަންހެނުންގެ ބައިވެރިވުން ފެންނަ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ދާއިރާއާއި، ގާނޫނީ އަދި ޝަރުއީ ދާއިރާ، ހާއްސަކޮށް ހާރިޖީ ސިޔާސަތުތެ ދާއިރާ ހިމެނޭ ކަމަށެވެ.

ފޮރިން ޑިޕްލޮމެޓް މިޝަންތަކުގައި މިއަދު ލީޑު ކުރަނީ އަންހެނުންކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ގެންނަން ބޭނުންވާ ބަދަލަކީ އެއީ ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުން ރާއްޖެއިން ބޭރުގައި ގާއިމްކޮށްގައިވާ 16 މިޝަނެއްގެ ތެރެއިން، 08 މިޝަން ލީޑު ކުރަނީ އަންހެނުންނެވެ.

އަންހެނަކަށް ވީތީ ސިޔާސީ ދައިރާއިން ކުރިމަތިލާ އެކި މަގާމުތަކާއި، އެކި އިންތިހާބުތަކުގައި ވޯޓު ނުދިނުމުގެ މައްސަލަތައް ފާހަގަވާތީ މި ސަރުކާރުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލް އިންތިހާބުގެ 33 އިންސައްތަ ގޮނޑި އަންހެނުނަށް ހާއްސަކުރި އެވެ. ސަރުކާރުގެ އެ ސިޔާސަތު ވެސް ތަންފީޒު ކުރެވިފައިވާކަން ފާހަގަކޮށް މިނިސްޓަރ އާއިޝާ ވިދާޅުވީ މިއީ ދިވެހި ތާރީހުގައި ވެސް ކަންކަން ނިންމާ ފެންވަރުގައި، އަންހެނުންގެ ދައުރު އިތުރުކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން އެމީހަކު ދިރިއުޅޭ މުޖުތަމައެއްގެ ކަންކަން އިދާރީ ގޮތުން ރާވާ ހިންގުމުގައި، އަންހެން ކައުންސިލަރުންގެ އަމަލީ ބައިވެރިވުން ލިބޭނެކަން ކަށަވަރުވެގެން ދާތަން މިހާރު ވެސް ފެންނަމުންދާކަމަށް ވިދާޅުވި އެވެ.

މުޖްތަމައުގެ ތެރޭގައި ދެ ޖިންސުގެ ދެމެދު ގެންގުޅުނު ތަފާތު ކުރުންތައް ނައްތާލަން ކުރެވުނު އެކި މަސައްކަތްތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތަކަށް އިޖާބަދީ ސަރުކާރުގެ އިދާރާތްތަކާއި އޮފީސްތައް އަދި ކުންފުނިތައް ވެސް އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެ މަސައްކަތް އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ގެންދާ ދެ ތަނެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރ އައިޝާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވޭނީ، އަދި ފުރުސަތުތައް ވެސް ފަހިކޮށްދެވޭނީ ވިސްނުން ބަދަލުކޮށްގެން ކަމަށެވެ. އަދި އެ މީހެއްގެ ވިސްނުމުގެ ނަޒަރިއްޔާތަށް ވެސް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. އަދި ކަޑަތުކޮށް، ގިރާ ކުރަންޖެހޭ ގޮންޖެހުންތައް ދެނެގަނެ، އެ ބަލައިގަންނަ ހާލުގައި ކުރިޔަށް ދާން މަސައްކަތްކޮށްގެން ކަމަށެވެ. އަންހެނުންނާއި ކުރިމަތިވާ ތަފާތު އެކި ބާވަތްތަކުގެ އަނިޔާތައް ހުއްޓުވުމަށް ގޮވާލައި، މިނިސްޓަރު ވަނީ އަންހެން ކުއްޖާ ހެދި ބޮޑުވަމުން އަންނަ ގޭތެރެއިންނާއި، ތައުލީމީ ވެށި ނުވަތަ ސްކޫލުގެ ތެރެއިން ކުއްޖާއަށް އެ ލިބިގެންވާ ފުރުސަތުތައް ރަނގަޅަށް ދަސްކޮށްދީ ތަރުބިއްޔަތު ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: