ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފުށި ފަޅުގައި ރިސޯޓް ހަދަން ހުޅުވާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އަލިފުށީ ފަޅުގައި ރިޒޯޓު ތަރައްގީ ކުރަން ނިންމައި އެކަން ކުރާނެ ބަޔަކު ހޯދުމަށް އަންނަ މަހު އިއުލާނު ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ލިޔުމުން ޖަވާބު ހޯދުމަށް ފޮނުވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އެގޮތުން މެމްބަރު ހަސަން ސުވާލު ކުރައްވާފައިވަނީ އަލިފުށި ހިއްކައިގެން އަޅަން ހަމަޖެހިފައިވާ ޓޫރިސްޓު ރިޒޯޓުގެ މަސައްކަތް ފެށޭނެ ތާރީހާއި ގުޅޭ ގޮތުންނެވެ.

މިނިސްޓަރު ވިދާޅުވީ އަލިފުށި ފަޅުން 10 ހެކްޓަރުގެ ބިން ހިއްކައި އެ ފަޅުގައި އޮންނަ ރ. އެއްތަންގިލީގައި ފަތުރުވެރިކަން ތަރައްގީ ކުރަން އަންނަ މަހު 25 ގައި ހުޅުވާލައި ބީލަން އިއުލާން ކުރާނެ ކަމަށެވެ.

ރ. އަލިފުށީ ފަޅުގައި ރިޒޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާއިރު އެރަށުގައި އެއާޕޯޓެއް އެޅުމަށް ނިންމައި އެރަށު ފަޅުން ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ދާދިފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: