ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވެރިކަމެއްގައި ފުލުހުން ރައްޔިތުންނަށް އަނިޔާކުރާތީ ހިތާމަކުރަން: ހަސަން ލަތީފް

ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި ފުލުހުން ދިވެހި ރައްޔިތުންނަށް އަނިޔާކުރާ މަންޒަރު ފެންނާތީ ހިތާމަކުރާކަމަަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އާންމު ރައްޔިތަކަށް ފުލުހުން އަނިޔާކޮށްފައިވާ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމެޓީ)އިން ބަލައި ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ ވުޖޫދުވެގެން އައީ މިފަދަ މައްސަލަތަކަށް ނިމުމެއް ގެނައުމަށް ކަމަށެވެ. އެމްޑީޕީ ވުޖޫދަށް އައީ މިފަދަ އަނިޔާވެރި އަމަލުތަކަށް ނިމުމެއް ގެނައުމަށް ކަމަށާއި އެއީ ޕާޓީގެ މައިގަނޑު ވައުދަކަށް ނުވިކަމުގައިވިޔަސް އެއީ ޕާޓީގެ އެންމެ މުހިންމު އެއް އަސާސްކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ހަސަން ލަތީފް ވިދާޅުވީ، އެއަސާސްގެ މައްޗަށް ޕާޓީއެއް އުފެދިގެން އައިސް އޭގެ 16 އަހަރު ފަހުންވެސް މިފަދަ މައްސަލަތައް ފެންމަތިވަމުން އަންނާތީ ހިތާމަކުރާ ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީގެ ވެރިކަމެއްގައި މިކަން ތަކުރާރުވުމަކީ ހިތާމަކުރާކަމެއް ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ މުއައްސަސާއެއްގެ ތެރެއިން ޚާއްސަކޮށް ފުލުހުންގެ އިދާރާގެ ތެރެއިން މިފަދަ މައްސަލައެއް އައުމަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ބޭނުން ނުވާނެކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

“އެހެންނަމަވެސް ދަންނަވާލަން ބޭނުން، އަޅުގަނޑަށް މިވާހަކަ މިދެއްކެނީވެސް، 241 ކޮމެޓީއިން މިމައްސަލަ މިބެލެނީވެސް އެމްޑީޕީ ވުޖޫދުގައި އޮތުމުން. އަޅުގަނޑުމެން ނެތްނަމަ މިވާހަކަ ނުވެސް ދެކެވުނީސް” ހަސަން ލަތީފް

މީގެ އިތުރުން، ޖަލު ތަކުގައި އަނިޔާކުރުމުގެ ސަގާފަތަކީ އަބަދުވެސް ރާއްޖޭގައި އޮތް ސަގާފަތެއް ކަމަށާއި އެކަން ނައްތާލުމަށް އަދިވެސް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި ކޮމެޓީ ރިޕޯޓް ހުށައަޅުއްވަމުން މުގައްރިރު ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވައި ހަސަން ލަތީފްވެސް ވަނީ ފުލުހުންގެ މިފަދަ މައްސަލަތަކަށް ހަމައެކަނި އިދާރީ ފިޔަވަޅެއް އެޅުމަށްފަހު ފުއްދާލައިގެން ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި ކައިރިން ސުޕަވައިޒްކޮށްގެން ނުވަތަ ކައުންސިލިން ދިނުމަށްފަހު ވަޒީފާގައި ބޭތިއްބުމަކީވެސް ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހަށް ހުށައެޅި ކޮމެޓީ ރިޕޯޓަކީ ލ. ކަލައިދޫ، ސްވީޓްހާޓް އަހުމަދު ސިރާޖަށް ފުލުހުން އަނިޔާކޮށްފައިވާ މައްސަލަ ބެލުމަށްފަހު ކޮމެޓީއިން އެމައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ކޮމެޓީ ރިޕޯޓެވެ. ކޮމެޓީ ރިޕޯޓުގައި ވަނީ ސިރާޖަށް ފުލުހުން އަނިޔާކޮށްފައިވާކަމަށް ފުލުހުން ކުރި ތަހުގީގުވެސް ސާބިތުވާކަމަށް ފާހަގަކޮށްފައެވެ. އަދި މީހަކަށް އަނިޔާކުރުމަކީ ޖިނާއީ ކުށަކަށް ވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ފުލުހުންގެ ފަރާތުން ލިބޭ އަނިޔާގެ ބަދަލުގައި އިދާރީ ފިޔަވަޅެއް އަޅައި ނިންމާލުމަކީ އެކަން ވެގެންވާނެ ގޮތްނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: