ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ޖަލުގައި މަރުވި އަސްލަމްގެ އާއިލާގެ ކަންބޮޑުވުންތަކަށް، ޖަވާބުދާރީ ކުރުމުގެ މަސައްކަތް ޕީޕީއެމްއިން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ޖަލުގައި ތިން އަހަރުގެެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް (40 އަހަރު) ނިޔާވުމާ ގުޅިގެން ޢާއިލާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، އެކަންކަމަށް ކަމާއިބެހޭ ފަރާތްތަކުން ޖަވާބުދާރީ ކުރުމުގެ މަސައްކަތް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރޭ ބުނީ މަރުވެފައިވާ މުހައްމަދު އަސްލަމް އަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫން ކަމަށެވެ. އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ޖަލުގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެކެވެ.

އަސްލަމްގެ އާއިލާއިން ވަނީ އޭނާ މަރުވީ ނޫން ކަމަށާއި އަނިޔާކޮށް މަރާލީ ކަމަށް ތުހުމަތުކޮށްފައެވެ.

އޭނާ މަރުވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާވަނީ އާއިލާއާއި ބައްދަލުކޮށް އާއިލާގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ.

މިކަމުގައި އާއިލާގައި ހުރި ކަންބޮޑުވުންތަކާއި، އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ މަސައްކަތް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން ފަށާފައިވާކަމަށް ޝުޖާ ވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 42%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: