ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިދީ މަރުވުމުން އާއިލާއަށް އެކަން ސިއްރު ކުރި ކަމަށް ބުނެ މައްސަލަ މަލިޖިލީހަށް

މައްސަލަ މަޖިލީހަށް ހުށައެޅުއްވި އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އިހުމާލެ ވެފައިވާކަމަށް އާއިލާއިން ކުރާ ތުހުމަތު ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދިން ގޮތުގައި ރޭ މަރުވީ ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުހައްމަދު އަސްލަމެވެ. 40 އަހަރުގެ އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. ކުއްލި ގޮތަކަށް އޭނާ މަރުވިއިރު، އޭނާއަކީ ބޮޑު ބޭހަކަށް ފަރުވާ ކުރަމުންދާ މީހެއް ނޫނެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މި ކުއްލި މައްސަަލަ މަޖިލީހަށް ބަލައިގެންފައިވެއެވެ.

އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، މުހައްމަދު އަސްލަމް ރޭ ކުއްލި ގޮތަކަށް ނިޔާވެފައިވާއިރު މުހައްމަދު އަސްލަމްގެ މަރުގެ މައްސަލަ އާއިލާއަށް ނާންގަ ސިއްރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާކަމަށެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ހުޅުމާލޭ ޖަލުގައި އޭނަ ހުއްޓާ ބަލިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ހަވީރު 05:00 ވެފައިވާކަމަށާއި، ނަމަވެސް މިކަމުގެ މައުލޫމާތު އާއިލާއަށް ލިބިފައިވަނީ އަސްލަމް މަރުވެއްޖެ ކަމަށްބުނެ އެހެން ފަރާތަކުން އާއިލާއަށް ގުޅާފައި ބުނުމުން ރޭގަނޑު 07:00 ގައި ކަމަށެވެ.

އަދި އާއިލާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ގޮސް އެތަނުގައި ތިބި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނާ ސުވާލު ކުރުމުން އަސްލަމަށް ފަރުވާދެމުންދާ ކަމަށް ބުނެފައިވާކަމަށާއި، އޭގެފަހުން އެތައް އިރެއްވީއިރުވެސް މައުލޫމާތެއް ނުލިބިގެން ގަދަކަމުން އަސްލަމް ހޮސްޕިޓަލުގައި ބާއްވާފައި އޮތް ކޮޓަރިއަށް ވަތްއިރު އޭނާ މަރުވެފައި އެތައް އިރެއް ވެފައިވާކަމަށް އާއިލާއަށް އެނގިފައިވާކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ކުއްލި މައްސަލައިގައި އެދިފައިވަނީ އަސްލަމް މަރުގެ މައްސަލައިގައި މިނިވަން ތަހުގީގެއް ހެއްދެވުމަށާއި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: