ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހް އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަން ގޮވާލާ ކުއްލި މައްސަލައެއް

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ރައީސް ސާލިހުގެ އަރިހުގައި: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވާ ތުހުމަތުތައް ތަހުގީގު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން ރޭ ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރެހެނދިފްލެޓުން ކަޅު ދަބަސް އުފުލި ބޭފުޅުންގެ ތެރޭގައި ރައީސް ސޯލިހު ހިމެނޭ ކަމަށެވެ. އެ ކަޅު ދަބަހުގައި އުފުލީ 35 މިލިއަން ރުފިޔާ ކަމަށާއި އެއީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ދިން ދަބަހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ރައީސް ސޯލިހަށް 35 މިލިއަން ރުފިޔާ ލިބިވަޑައިގަތް ކަމަށް ކުރިން ވެސް ތުހުމަތު ވެފައި ވަނިކޮށް އިއްޔެ އަނެއްކާ ވެސް އެފަދަ ތުހުމަތު ކުރައްވާފައިވާ ކަމަށެވެ.

މި ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެއް އަދި އެމްޑީޕީގެ ޗެއާޕާސަން ކަމާއި ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރެއްވި އަލީ ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަ ވިދާޅުވި ކަން ފާހަގަ ކުރައްވާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުހުންގެ ތަހުގީގަށް މުހައްމަދު ހުސައިން (އޮއިއްޓޭ) ދެއްވި ބަޔާނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އަހްމަދު އަދީބު އަތުން ފައިސާ ގެންދެވި ކަމަށް ބުނާ ބައިތައް ސަރުކާރުން ނުފޫޒު ފޯރުވައިގެން ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކާ މެދު މިފަދަ ބޮޑު ތުހުމަތެއް ކުރެވެމުންދާތީވެ މިނިވަން އިންސާފުވެރި ތަހުގީގަކަށް މަގުފަހި ކުރުމަށް ޓަކައި، ތަހުގީގު ނިމެންދެން ރައީސްގެ މަސްއޫލިއްޔަތު ތަކުން ރައީސް ސޯލިހް އެކަހެރި ކުރުމަށް ވެސް އެ މައްސަލާގައި ގޮވާލައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: